ސިޔާސީ ގޮތުން ކާމިޔާބާ ކުރިއެރުން ހޯދުމަށް ބިރު ފަހަނަ އަޅާ ދާންޖެހޭ: މައުމޫން

ސިޔާސީ ގޮތުން ކުރިއަރައި ކާމިޔާބު ހޯދުމަށް ބިރު ފަހަނަ އަޅާ ދާންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ޓުވިޓާގައި ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރައީސްކަން ކުރައްވާ މައުމޫން ވިދާޅުވީ ސިޔާސީ ކޮންމެ މަސައްކަތެއްގައި ކާމިޔާބު ހޯދަން ނަޒާހަތްތެރިކަމާއި ހިތްވަރު ކޮންމެހެން ބެނުންވާނެކަމެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިހެން ވިދާޅުވިއިރު, އެ މަނިކުފާނު ކޮއްކޯފުޅު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި މެދު އުފެދިފައިވާ ކޯޅުމާ ހެދި ޕީޕީއެމް ތެރެއިން ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ.
މި ކޯޅުމުގެ ތެރެއިން މަައުމޫނުގެ ދަރިކަލުން, މަޖިލީހުގެ ދިއްގަރު ދާއިރާ މެމްބަރު ފާރިސް މައުމޫން ޕީޕީއެމް އިން ވަކި ކުރަން ރައީސް ޔާމީން ފެކްޝާންއުން ސުލޫކީ ކޮމިޓީ އަށް ފޮނުވައި އެކަންވަނީ ނިންމާފައެވެ.
މި ބައިބައި ވުމުގެ ތެރޭގައި މައުމޫން ޕާޓީގެ ކޮމިޓީގެ މައްސަކަތްތައް ހުއްޓުވާލެއްވިއެވެ. އަދި ޕާޓީ ހިންގުންވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަގައިފައެވެ.
ރައީސް މައުމޫނުގެ ވާހަކަޔާގުޅިގެން ކުރީގެ ރައީސް މުހައްމަދް ނަޝީދުވަނީ "ބިރު ފަހަނަ އަޅައިދާން" ދިޔުމަށް ތާއިދުކުރަށްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ