އުޒްބަކިސްތާނުގެ ރައީސް އިސްލާމް ކަރިމޯވް ވަނީ އިއްޔެގެ ވަގުތެއްގައި އަވަހާރަވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އުމުރުފުޅުން 78 އަހަރުގައި އިސްލާމް އަވަހާރަވީ ސްޓްރޯކެއްގެ ސަބަބުންނެވެ.
އުޒްބަކިސްތާނުގެ ރައީސް ކަމާއި 1989 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އިސްލާމް ގެ ހަށިކޮޅު މިހާރު ވަނީ ވެރިރަށާއި 300 ކިލޯ މީޓަރު ދުރުގައި އޮންނަ އެމަނިކުފާނުގެ އުފަން އަވަށް ސަމަރުކަންދަށް ގެންދެވިފައެވެ.
ސަންދޯއްފުޅު ރަސްމީ މޮޓޯކޭޑުގައި އެއާޕޯޓަށް ގެންދިއައިރު ވެރި ރަށުގެ އެ ދިގު މަގުތަކުގެ ދެ ފަރާތައް ވަނީ އެތައް ހާސް ބައަކު އެއްވެފައެވެ. އެމީހުން ލޯތަކުން ފައިބަމުން ދިއައީ ހިތާމައިގެ ކަރުނަތަކެވެ.
ގިނަ އަދަދެއްގެ ޒުވާނުން މަގުތަކުގައި ތިބުމުން އިސްލާމްގެ ވެރިކަމަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން ވަނީ ހާމަވްެފައެވެ. އަދި އެމީހުންގެ މޫނުތައް މަތިން ފެނިގެންދިއައީ ފުން ހިތާމަކަން އެނގިގެން ދިއުމުން އިތުރަށް އެކަން ޔަޤީންކުރެވެއެވެ.
ސަންދޯއްފުޅު އަރައި ހަމަވުމުން ހިތާމަ އާއި އަސަރުން ފުރިހެންވާ އަޑުން ސުވާލުކުރަމުން ދިއައީ "ކަލެއާއި ނުލައި އަހަރެމެންނަށް އޮތީ ކޮން ގޮތެއް؟" ކަމާއިމެދުއެވެ.
އެމަނިކުފާނުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވާނީ މިއަދުގެ ފަހުގެ ވަގުތެއްގައެވެ. އެތައް ޤައުމެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އުޒްބަކިސްތާނުގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އެމީހުންނަށް ގެއްލިގެން އެދިއައީ އޮގާތެރި ވެރިއެކެވެ. އިސްލާމްގެ އޯގާތެރިކަން އެމީހުން އަބަދުވެސް ހަނދާންކުރާނެއެވެ.
އުޒްބަކިސްތާނުގެ ރައީސް އަވަހާރަވުން: "އަހަރެމެންނަށް ދެން އޮތީ ކޮން ގޮތެއް؟- ރައްޔިތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ