އައިއެސްގެ ހަނގުރާމަވެރިންނާއި ސައުދީ ސިފައިންގެ މެދުގައި ބުރާސްފަތި ދުވަހު މައްކާގައި ހިނގި ކުރިމަތިލުންތަކުގައި މަރުވި 4 ޓެރަރިސްޓުންނަކީ ވެސް ސައުދިއަރަބިޔާގެ ރައްޔިތުންކަމަށް ސައުދީ ހޯމް މިނިސްޓްރީން ބުނެފިއެވެ.
ސައުދީ ހޯމް މިނިސްޓްރީން ބުނީ މީގެ ތެރެއިން ދެ މީހުން މަރުވީ އަމިއްލައަށް ހަށިގަނޑުގޮއްވާލައިގެން ކަމަށާއި އަނެއް ދެމީހުން މަރުވީ ހަމަލާތައް ބަދަލުކުރުމުގައި ކަމަށެވެ.
މީގެ ތެރެއިން 2 މީހުންނަކީ މިސްކިތްތަކަށް ދީފައިވާ ތަފާތު ހަމަލާތަކާއި ގުޅިގެން ހޯމް މިނިސްޓްރީގެ "ވޯންޓެޑް ލިސްޓް"ގެ އެންމެ ކުރީގައިވާ ދެމީހުންނެވެ. އަދި އެނެއް ދެމީހުންނަކީ ވެސް ތަފާތު ޓެރަރިސްތް ހަމަލާތަކާއި ގުޅިގެން ހޯދަމުން ގެންދާ ދެ މީހުންނެވެ.
ބުރާސްފަތި ދުވަހު ސައުދީ ސިފައިން ހިންގި އޮޕަރޭޝަންތަކުގައި ހަށިގަނޑު ގޮއްވާލާ ބެލްޓުތަކާއި ބޮމާއި ރައިފަލާއި އެހެންވެސް ގިނަ އަދަދެއްގެ ހަތިޔާރު ވަނީ އަތުލައިިގެންފައެވެ. މިހަމަލާތަކުގައި ސިފައިންގެ އޮފިސަރަކުވެސް ވަނީ ޝަހީދުވެފައެވެ.
މައްކާގަ ބުރާސްފަތި ދުަވަހު މަރުވި 4 ޓެރަރިސްޓުންނަކީ ވެސް ސައުދީ ރައްޔިތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ