މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތެރެއިން ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނާތް ފެންމަތިވެފައި ވަނިކޮށް، ހަތިޔާރު ފެނުނު ބ.ހިބަޅިދޫ އަލުން ބިޒްނާސް މޯލްޑިވްސްއާ ހަވާލު ކުރުމަށް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން އެ ގޮތަށް ހުކުމް ކޮށްފައި މި ވަނީ ހިބަޅިދޫއިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވެފައިވާ ލީޒް އެގްރިމެންޓާއި، ޑީޑް އޮފް އެސައިންމެންޓް އެ ރަށުން ހަތިޔާރު ފެނުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބާތިލުކުރުމުން އެ ކުންފުނިން ދައުވާ އުފުލުމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން އެގްރީމެންޓް ބާތިލް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖޫން 26 ގައެވެ.
ސިވިލް ކޯޓުގެ އެ ހުކުމުގައި ބުނެފައިވަނީ އެރަށް ނަގާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާއި ޝަރުއީ އަދި ގާނޫނީ ހަމަތަކާއި ހިލާފަށް ކަމަށެވެ. އެހެން ކަމުން އެއްބަސްވުންތަކާ އެއްގޮތަށް ހިބަޅިދޫ 30 ދުވަހުގެ ތެރޭގައި ބިޒްނާސް މޯލްޑިވްސްއާއި ހަވާލު ކުރަން ހުކުމްކޮށްފައިވެއެވެ.
ބިޒްނާސް މޯލްޑިވްސްއަކީ ރިޔާސީ ލޯންޗުކޮޅުގައި "ބޮމެއް" ގޮއްވާލި ކަމުގެ ތުހުމަތުގައި އިންޓަރޕޯލް ރެޑްނޯޓިސް ނެރެ ހޯދަމުން ގެންދާ މުހައްމަދު އައްލާމް ލަތީފު (މޮހޯ)ގެ 35 އިންސައްތަ ހިއްސާ ކުރިން އޮތް ކުންފުންޏެއް ކަމަށް ވެއެވެ.
ނަމަވެސް އައްލާމްގެ އަތުން އެ ހިއްސާތައް ނެގުމަށް އެ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރު ކުރި ދައުވާއާ ގުޅިގެން އެ ހިއްސާތައް ނަގަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އައްލާމަކީ އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގައި އެފައިސާގެ މުއާމަލާތުގައި އެންމެ އިސްކޮށްހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އަރިސް މީހެކެވެ.
ހިބަޅިދޫ އަލުން ބިޒްނާސް މޯލްޑިވްސްއާ ހަވާލު ކުރުމަށް ކޯޓުން ހުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ