މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އައްޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފިއެވެ.
މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން މިއަދު ބުނީ، މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީހުގެ މެންބަރުން އަލުން ހަމަޖައްސަވާފައިވާއިރު، ރައީސްކަމުގެ މަޤާމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އައްޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު، އަދި ނައިބުރައީސްކަމުގެ މަޤާމަށް އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚް މުހައްމަދު ލަތީފު ހަމަޖައްސަވާފައި ވާކަމަށެވެ.
މީގެއިތުރުން މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އައްޝައިޚް މުހައްމަދު ދީދީއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މުޝްރިފް މުސާޢިދު އައްޝައިޚް ޙަސަން ތަޢުފީޤް އަބުދުއްރަޙުމާނާއި، އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚް ހައިޝަމް މުހައްމަދު، އަދި، ކީރިތި ޤްރުއާނާއިބެހޭ މަރުކަޒުގެ ޑިރެކްޓަރ އައްޝައިޚް އަބުދުލް އަޒީޒު ހުސައިން ކަމަށެވެ.
މީގެ އިތުރުންވެސް މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ، މާލޭސިޓީ ކައުންސިލްގެ ކައުންސިލަރ އަލްފާޟިލް ހަސަން އަފީފުއާއި، ސްޓޭޓް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑރ.މުހައްމަދު އަލީގެ އިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކެޓްރީ އަލްފާޟިލް މުހައްމަދު ނަސީރުކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކުރެއެވެ.
މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އައްޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ