"ރަންދިހަ ފަހެއް" އާ ނޫޓުތައް ބަލާލުމުގެ ފުރުސަތު މާދަމާ ހަވީރު ހިތަދޫގައި!

އަންނަ މަހު ނެރުމަށް ހަމަޖެހިފައިވާ "ރަންދިހަ ފަހެއް" އާ ނޫޓު ދައްކާލުމާއި، އާ ނޫޓުތަކާއި ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ރޯޑް ޝޯވް މާދަމާ ހަވީރު ހިތަދޫ ކުޑަކުދިންގެ ޕާކް ސަރަހައްދުގައި ބާއްވަން ހަމަޖައްސައިފިއެވެ.
އެމްއެމްއޭއިން ބުނީ މާދަމާގެ ރޯޑް ޝޯވް ހަވީރު 3 އިން އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކުރިއަށް ގެންދާނެކަމަށެވެ.
މި ރޯޑް ޝޯވްގައި ނޫޓްތައް ބަލާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ނޫޓްތަކުގެ ސަލާމަތީ ސިފަތަކާއި ބެހޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ރޯޑް ޝޯވްގައި އާ ނޫޓާއި ގުޅޭ ގޮތުން ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުންވެސް އޮންނާނެއެވެ.
އެމްއެމްއިން އަންނަނީ މިމަހުގެ 28 އިން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް އައްޑޫގެ އެކިއެކި މުވައްސަސާތަކާއި، ވިޔަފާރިވެރިންގެ އިތުރުން އާއްމުންނަށް އާ ނޫޓްތަކާއި ގުޅޭ މައުލޫމާތު ސެޝަން ބާއްވަމުންނެވެ.
މާދަމާގެ ރޯޑް ޝޯވްއަށް ވީހާވެސް ގިނަ ބަޔަކު ޒިޔާރަތް ކުރުމަށް އެމްއެމްއޭއިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ