ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް ބައެއް ހިސާބުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ދެންމެ ބުނީ ބ އަތޮޅުން ފެށިގެން މ އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާކަމަށެވެ. އެހެންކަމުން އެ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދޭކަމަށެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާ ދަތުރުގެ މައުލޫމާތު ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.
މޫސުމާބެހޭ އޮފީހުން ބުނީ ކުރިއަށް އޮތް ސައުވީސް ގަޑިއިރަށް މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާ މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުތުރުގެ އެކިހިސާބަށް ގުގުރުމާކު ކެރީގެ އަސަރު ފޯރުން އެކަށީގެންވާކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މިރޭ ރާއްޖޭގެ ކަނޑުުތައް އާދައިގެ ވަރަކަަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މޫސުން ގޯސް، ވައިޓް އެލާޓް ނެރެ، ދަތުރުކުރުމުގައި ސަމާލުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ