މެމްބަރު ޙުސައިން ވަޙީދަކީ، ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ އިޚްލާސްތެރި ބައިވެރިއެއް - ނަޝީދު

މެންބަރު ޙުސައިން ވަޙީދަކީ، ރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރުގައި މުހިންމު ދައުރެއް އަދާކުރެއްވި އިޚްލާސްތެރި ބައިވެރިއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަހީދު އަވަހާރަވުމާ ގުޅިހެން ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޙުސައިން ވަޙީދަކީ، ދިވެހިރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއަށް އަނބުރާލުމުގައި ބޮޑު ދައުރެއް އަދާކުރެއްވި އިޚްލާސްތެރި ބައިވެރިއެކަމަށާއި، އޭނާއަކީ އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމް.ޑީ.ޕީ މެމްބަރު ޙުސައިން ވަޙީދު އަވަހާރަވުމުގެ ހިތާމައިގައި އޭނާ ނިސްބަތްވާ އެމްޑީޕީންވެސް ވަނީ ތަޢުޒަިޔާ ފޮނުވާފައެވެ.
17ވަނަ ރައްޔިތުންގެ މަޖިލީހާއި، ހިނގަމުންދާމިދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި، ޙުސައިން ވަޙީދު ވަނީ ދާއިރާއަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިކަން އެމްޑީޕީން ފާހަގަކޮށްފައެވެ.
އަދި އެމް.ޑީ.ޕީއަށާއި ޕާރޓީގެ ޑިމޮކްރެސީގެ ޙަޔާތަށް ވަރަށް ހިތްވަރުފުޅާއެކު ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާފައިވާކަމަށާ، އެމަނިކުފާނު ވަކިވެދިއުމަކީ އެ ޕާރޓީއަށާއި ރާއްޖެއަށްވެސް ލިބިގެންދިއަ ނުހަނު ބޮޑު ގެއްލުމެއްކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ