ޑރ. ޖަމީލާ މަޝްވަރާ ކުރެއްވުމަށް އުމަރު ލަންޑަނަށް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެމަނިކުފާނުގެ ޓީމާއެކު ސިޔާސީ މަޝްވަރާތަކެއް ކުރެއްވުމަށް އުމަރު ނަސީރު ލަންޑަނަށް ވަޑައިގަންނަވަން ނިމަވައިފިއެވެ.
އުމަރު ވިދާޅުވީ އެމަނިކުފާނު ލަންޑަނަށް ވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.
އުމަރުވިދާޅުވީ މި ބައްދަލުވުމަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނާ އޭނާވެސް ނިންމަވާފައިވާތީ އެހެން ބޭފުޅުންގެ ތާއީދާއި އެހީތެރިކަން ހޯއްދެވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެ ދަތުރަކީ ޕީޕީއެމްއާ އަދި ރައީސް މައުމޫނާވެސް ގުޅުމެއްވާ ދަތުރެއް ނޫންކަމަށް އުމަރު ވިދާޅުވިއެވެ. އަދި މި ދަތުރާ ބެހޭ ގޮތުން ރައީސް މައުމޫނާވެސް މަޝްވަރާ ނުކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ.
މި ދަތުރަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ސިޔާސީ އެހެންމީހުންގެ ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. "އަހަންނަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް. އެހެންވީމާ ސިޔާސީ މީހުންނާ ބައްދަލުކޮށް އެމީހުންގެ ސަޕޯޓު ބޭނުންވާނެތާ. އެގޮތަށް ކުރާ ދަތުރެއްމިއީ،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ