އަވަސް ޓްރެންޑްސް: މުސްކުޅި ނުވާ ޑެނިމް ސްޓައިލް

މިއީ
ދެގޮތެއް ނުވާ ފެޝަނެކެވެ. ތަފާތު ޑިޒައިން ތަކުގެ ޑެނިމް ޖީންސް އާއި ގަމީހުގެ ސްޓައިލަކީ އަދިވެސް ފޫހިނުވާ އެތައް ބަޔަކަށް ކަމުދާ ސްޓައިލެކެވެ.
ހަމައެކަނި ޑެނިމް ޖީންސާއި ގަމީސް އެހެން ކުލައަކުން ލުމުގެ ބަދަލުގައި ޑެނިމް ޖީންސާއި ޑެނިމް ގަމީސް ގުޅުވުމަކީ ވެސް ހިތްގައިމު ގޮތެކެވެ. މިއީ ހަމަ ރަނގަޅަށް ވެސް ގުޅޭ ޑަބަލް ޑެނިމް ރީތި ގޮތެކެވެ. އަދި މިއީ ގިނަބަޔަކަށް ކަމުދާ ރީތި ވެސް ގޮތެކެވެ.
އައްޑިހައިގެ އަހަރުތަކުގައި ޔޫރަޕްގައި މަޝްހޫރްވި ޑެނިމް ސްޓައިލްއަކީ ދުނިޔޭގެ ހުރިހާ އުމުރެއްގެ މީހުންގެ ވެސް ދެގޮތެއްނުވާ ފޭވަރިޓް ސްޓައިލެކެވެ. މިއީ އަންހެން އަދި ފިރިހެނުންނަށް ވެސް ކަމުދާ ސްޓައިލެކެވެ.
ޑެނިމްގެ ޒުވާން ފުރައިގެ ކުދިންނަށް ހާއްސަ ތަފާތު ޑިޒައިންތަކުގެ ޖީންސާއި ގަމީސް ލިބެން ހުރިއިރު، މިއީ ވެސް ޑެނިމް ގުޅުވާލެވިދާނެ ރީތި ގޮތެކެވެ.
މިއީ ހަމައެކަނި ޒުވާނުންނަށް ހާއްސަ ސްޓައިލެއް ނޫނެވެ. ކުޑަކުދިން ނަލަ ހައްދާލުމަށް ވެސް ޑެނިމް ހެދުމެއް ލައްވާލެވިދާނެ އެވެ.
ޕާޓީއަކަށް ދިޔަ ނަމަވެސް ޑެނިމް ހެދުން ކޮޅާއެކު ރީތި ބޭންޑެއް މިގޮތަށް ގުޅުވާލެވިދާނެ އެވެ.
ރައްޓެހިންނާއެކު ކޮފީއަކަށް ނުވަތަ ހާއްސަ މުނާސަބަތަކަށް ދާއިރު، ޑެނިމް ގަމީހަކާއެކު ތިރިން ޑެނިމް ކަކުލާ ހަމައަށް އަރާ ޖީންސް ތިރީބުރި އެއް ގުޅުވާލުމުން ހިތްގައިމު ކަމަށް ދައްކާނެ އެވެ. ނޫން ނަމަ ގަޔަށް ދޫ ޑެނިމް ގަމީހަކާ ޖީންސެއް ގުޅުވާލެވިދާނެ އެވެ.
ޑެނިމް ސްޓައިލްގެ އެންމެ ހިތްގައިމު ތަންކޮޅަކީ ކޮންމެ ކަހަލަ ބޫޓަކަށް އެރި ނަމަވެސް ހުތުރު ކަމަށް ނުދައްކާނެ އެވެ. އެއީ ހައި ހީލް އެއް ނުވަތަ ފުލެޓް ބޫޓެއް ވިޔަސް ހެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ