ފައުންޑޭޝަންތަކުން ގައުމަށް ކުރިއެރުން ލިބޭ: މައުމޫން

ރާއްޖޭގައި ހިންގާ ފައުންޑޭޝަންތަކުން ގައުމަށް ކުރިއެރުން ލިބޭ ކަމަށާއި މި ފަދަ ފައުންޑޭޝަންތަކުން ކުރާ މަސައްކަތް އިތުރަށް ފުޅާކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި މައުމޫން ފައުންޑޭޝަންގެ ޗެއާޕާސަން މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ރާއްޖެ އިން ބޭރަށް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދިނުމަށް އުފައްދާފައިވާ މި ފައުންޑޭޝަންގެ ފަސް ވަނަ އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، އުއްމީދުކުރާ ހަލުވިމިނެއްގައި މި ފައުންޑޭޝަންގެ މަސައްކަތް ދިވެހި ރައްޔިތުންނާ ހަމައަށް އަދި ނާންނާތީ ހިތާމަކުރައްވާ ކަމަށެވެ.ރޭ އިސްލާމީ މަރުކަޒުގައި އޮތް ޖަލްސާގައި މައުމޫން ފައުންޑޭޝަންގެ ހިންގާ ކޮމެޓީގެ މެމްބަރުން ބައިވެރިވަޑައިގަންނަވަނީ.--ހަވީރު ފޮޓޯ:ނިޝާން އަލީ "ގައުމުތަކުގެ ކުރިއެރުމާ ތަރައްގީ އަށް މަސައްކަތް ކުރަންވީ ހަމައެކަނި އެ ގައުމުތަކުގެ ސަރުކާރުތަކުންނެއް ނޫން. އިގްތިސާދީ ބޮޑެތި މަސައްކަތްކުރާ ކުންފުނިތަކާއި ވިޔަފާރި ދާއިރާތަކުން ވެސް ނޫން. އަދި ސަރުކާރު ބައިވެރިނުވާ އަދި ސިޔާސީ ކަންތައްތަކުން އެއްކިބާވެފައިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ އެކި ޖަމިއްޔާ ޖަމާއަތްތަކަކީ ވެސް ގައުމު ތަރައްގީގައ ވަރަށް ބޮޑު ހިއްސާއެއް،" ރޭ އިސްލާމީ މަރުކަޒުގައި އޮތް ޖަލްސާގައި މައުމޫން ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ ސިޔާސީ ނުފޫޒުތަކުގައި ޖެހި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ސުލްހަވެރިކަމާ އެކީގައި މުޅި މުޖުތަމައަށް ކޮށްދޭނެ ބަޔަކު ކޮންމެ ގައުމެއްގައި ވެސް ހުންނަންޖެހޭ ކަމަށެވެ.ރޭ އިސްލާމީ މަރުކަޒުގައި އޮތް ޖަލްސާގައި ހޯމް މިނިސްޓަރާއި އިންޑީއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައިވެރިވަޑައިގަންނަވަނީ. --ހަވީރު ފޮޓޯ:ނިޝާން އަލީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރާއްޖޭގައި ތިއްބެވި ބައެއް ސަފީރުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި މި ފައުންޑޭޝަންގެ މިިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ވެސް އާއްމުކުރި އެވެެ.އެ ރިޕޯޓުގައި ބުނެފައިވަނީ، މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު މިދިޔަ އަހަރު 15 ދަރިވަރަަކަށް ދީފައިވާނެ ކަމަށެވެ. އަދި ރަމަޟާން މަހުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް ޕްރޮގްރާމްތައް ހިންގާފައިވާނެ ކަމަށެވެ.ރޭގެ ހަފްލާގައި މައުމޫން ފައުންޑޭޝަންގެ ވެބްސައިޓު ވެސް ލޯންޗުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ