18/3 ވިމެން ފުޓްސަލް ފިއެސްޓާފެ ފައިނަލް މެޗު މިއަދު ހަވީރު ކުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.
ކްލަބް މޯލްޑިވްސް ގެ ވެބސަައިޓްގައި ބުނެފައި ވަނީ މާލޭ ސިޓީއަށް މޫސުން ގޯސްވެ، ވާރޭ ވެހެމުން ދިޔުމާ ގުޅިގެން ލަސްކުރި މި މެޗު ކުޅޭނީ ހަވީރު 16:00 ގައިކަމަށެވެ. މީގެ ކުރިން މި ފައިނަލް ތާވަލު ކުރެވިފައި އޮތީ ރޭ 8:45 ކަށެވެ.
މާފަންނު ވެލިދަނޑުގައި ކުޅޭ އެ މުބާރަތުގެ ފައިނަލް މެޗުގައި ފެނަކަ އެއްކޮޅުން ވާދަކުރާއިރު އަނެއް ކޮޅުންވާދަކުރަނީ ދިވެހި ސިފައިންގެ ކުލަބުންނެވެ. ފެނަކަ ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ.
މިރޭ ވަނީ އެމްޕީއެލް އަދި އެމްއާރްޑީސީ ވާދަކުރާ ކްލަބް މޯލްޑިވްސްގެ ފައިނަލްވެސް ކުޅެން ވަނީ ހަމަޖެހިފައެވެ. މި މެޗް އޮންނާނީ 8:45 ގައެވެ.
ވިމެން ފުޓްސަލް ފިއެސްޓާ ފައިނަލް މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ