ކްރިމިނަލް ކޯޓުގެ ގާޒީންގެ ހަށިކޮޅަށް ނުރައްކާވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ، ރާއްޖެ ޓީވީ ބައެއް ޝަރީއަތްތަކަށް ނުވައްދަން އެ ކޯޓުން މިއަދު ނިންމައިފި އެވެ. ރާއްޖެ ޓީވީގެ ނޫސްވެރިން ވަނުން މަނާކުރީ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ
މުހައްމަދު ހައްޔަރު ކުރުމާ ގުޅިގެން ހިންގަމުންދާ ޓެރަރިޒަމްގެ
ޝަރީއަތްތަކާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތްތަކަށެވެ.އެ ކޯޓުގެ މީޑިއާ އޮފިޝަލް "ހަވީރަ"ށް ވިދާޅުވި ގޮތުގައި މިގޮތަށް ނިންމަން ޖެހުނީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފާއި
ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒު މުހްސިން ކެފޭއެއްގައި (ވަކިވަކިން) ރޭ ތިއްބަވަނިކޮށް ރާއްޖެ ޓީވީން
އެ މަންޒަރު ވީޑިއޯކޮށް، އެ ތަނުގައި ގާޒީންގެ ހަށިކޮޅަށް ގެއްލުންވާނެ ގޮތަށް އަމަލުކުރުމުންނެވެ. އަދި އެކަމާ ގުޅޭ ގޮތުން ހަބަރު ފެތުރީ
ވެސް ހަގީގަތާ ހިލާފަށް ކަމަށްވާތީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. "[ޝަރީއަތްތަކަށް ރާއްޖެ ޓީވީ ނުވައްދަން ނިންމީ] ގާޒީންނާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރަމުން ދާތީ އާއި ފަނޑިޔާރުންގެ ހަށިކޮޅަށް ނުރައްކާވާ ގޮތަށް އަމަލުތައް ބަހައްޓަވާތީ އާއި ޒާތީ ކަންކަމުގެ ތެރެއަށް ވަންނަމުންދާތީ،" އޭނާ ވިދާޅުވި އެވެ. މުހްތާޒާއި ބާރީ "ކެފޭ ލަޔާލީ"ގައި ތިއްބަވަނިކޮށް ރާއްޖެ ޓީވީން އެތަނަށް ގޮސް ވީޑިއޯ ކުރުމުން، އެތަނަށް ދިޔަ ރާއްޖެ ޓީވީގެ ނޫސްވެރިޔަކާއި ކެމެރާމަން އަދި އެ ދެ މީހުންގެ ދެ ބޮޑީގާޑުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނެގުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ބާރީ އާއި ޕީޖީ މުހްތާޒު "ކެފޭ ލަޔާލީ"ގައި ތިއްބެވީ އެއް މޭޒެއްގައި ކަމަށް ރާއްޖެ ޓީވީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. ނަމަވެސް، އެކަން މުހްތާޒު ދޮގު ކުރައްވަ އެވެ.
ބައެއް ޝަރީއަތްތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިން ނުވައްދަން ކްރިމިނަލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ