ރައީސް ސާލިހުގެ ޚާއްސަ ޕްރެސްއެއް މިއަދު ހަވީރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނީ މިއަދު ހަވީރު  16:45 ގައި ކަމަށެވެ. އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާ އިރު، މި ވަގުތަކީ ކޮވިޑުގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެ، އެތައް ގައުމެއްގައި އެކަމަށް ރައްކާތެރިވުމަށް އެކި މިންގަނޑުގައި ފިޔަވަޅުތައް އަޅާފައިވާ ވަގުތެކެވެ.ރާއްޖެިން ކޮވިޑަށް ޕޮސިޓިވް 13 މީހުން ރާެއްޖޭން ފެނިފައިވާ އިރު އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އަދި އޭގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ކޮވިޑް19 އާއި ގުޅިގެން، މީގެ ކުރީންވެސް ރައީސް ސާލިހު ގައުމާ މުހާތަބުކުރައްވާފައިވާ އިރު،މ މި ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ހުއްޓުމެއް ނައިސް އެ ޚިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ސާލިހު ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ