ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 އާއި ގުޅިގެން ކުރިއަށް އޮތް އެޕްރީލް އަދި މެއިމަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ފެން ބިލުން 30 އިންސައްތަ ކުޑަކޮށްދޭން ސަރުކާރުން ނިންމާފައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ.
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިއަދު ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ތައާރަފްކޮށްފައެވެ.
ރާއްޖޭގެ އިގުތިސާދަށް ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ކުރިމަތިވެފައި ނުވާ ވަރުގެ މި ބޮޑު ވެއްޓުމުގައި ބީއެމްއެލުން ވިޔަފާރިތަކަށް ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ލަސްކުރަން، ވާހަކަ ދެކެވި ނިންމާފައިވާ ކަމަށާއި ނަމަވެސް އެ ގޮތަށް ގައުމީ ބޭންކުން ހަމަޖައްސައިދޭނީ ކޮވިޑް-19 އިން އެ ވިޔަފާރިއަކަށް އަސަރުކޮށްފައިވާ ގޮތް ބަލާފައި ކަމަށް އަމީރު ވިދާޅުވިއެވެ.
ކަރަންޓު ބިލުން ސާޅީސް އިންސައްތަ ފެން ބިލުން ތިރީސް އިންސައްތަ ކުޑަކޮށްދޭން ސަރުކާރުން ނިންމާފައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ