މިވަގުތު ކައުންސިލަރުންގެ މަޤާމުގައި ތިބި ފަރާތްތަކުގެ ދައުރު ދިގުކުރުމަށް ރައްޔިތުން މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާ މެންބަރު ޙަސަން ލަޠީފު ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރެވޭނީ އެކަމުގެ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދައިގެން ކަމަށް މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ކުރީގެ ދިފާޢީ ވަޒީރު އާދަމް ޝަރީފު ވިދާޅުވީ ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ކައުންސިލުތަކުގެ މުއްދަތަކީ 3 އަހަރު ކަމަށް ބަޔާންކޮށްފައިވާއިރު، އެހެން ޙާލަތެއް މެދުވެރިވެގެން ވިޔަސް މުއްދަތު އިތުރުކުރާނަމަ އެކަން ކުރާނެ ގޮތަކާމެދު ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ ޙާލަތެއް މެދުވެރިވެގެން ނަމަވެސް ޤާނޫނު އަސާސީގެ އެ މާއްދާއާ ޚިލާފު ބިލަކަށް މަޖިލިހުގައި ބަހުސްކުރަންޖެހުމުން އެކަމުގައި ޢަމަލުކުރާނެ ގޮތެއް ނިންމުމުގައި މަސައްކަތްކުރަންޖެހޭނީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދައިގެން ކަމަށް ޤަބޫލުކުރައްވާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. ހަމައެހެންމެ އެގޮތަށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދައިގެން ޤާނޫނީ ފަރުވާއެއް ފޯރުކޮށްދިނުމުން އެފަރުވާއާ މެދު ރައްޔިތުންގެ އިތުބާރުވެސް ބޮޑުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި އޭގެ އިތުރަށް އާދަމް ޝަރީފު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގައި ސާފު ޞަރީޙަ ޢިބާރާތުން ކަނޑައެޅިފައިވާ މުއްދަތެއް ޤާނޫނަކުން އާދައިގެން މެޖޯރިޓީއެއް ބޭނުންކޮށްގެން ދިގު ދަންމައިފިނަމަ، އެކަމުގެ ސަބަބުން ވެރިކަމުގެ ދައުރުވެސް އެގޮތަށް ދިގު ދެންމުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ކައުންސިލަރުންގެ ދައުރު ދިގުކުރުމަށް ބަހުސްކުރެވޭނީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދާފައި: އާދަމް ޝަރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ