ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ވޮލަންޓިއަރުންނަށް ރައީސް ޚާއްސަ ޝުކުރެއް އަދާކުރައްވައިފި

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ވޮލަންޓިއަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޚާއްސަ ޝުކުރެއް އަދާކުރައްވައިފި އެވެ.ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީި ކޮވިޑްގެ އެންމެ ދަތި އުނދަގޫ ހާލަތުގައި ވެސް ވޮލަންޓިއަރުން ސަރުކާރާ އެކީ ހިތްވަރާ އެކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތަކަށް ހިތްޕުޅުގެ އެންމެ ފުނުން ޝުކުރު އަދާކުރައްވާ ކަމަށެވެ.މީގެ އިތުރުން އެ މަސައްކަތްތެރިންގެ ހިތްވަރުން ގައުމު ކޮވިޑްގެ ވަބާއިން އަރައިގަނެވެމުން އަންނަ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި އެ ފަރާތްތަކުން ކޮށްދިން ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ ސިއްހީ ނިޒާމަށް ބާރު ބޮޑުވުމުގެ ސަބަބުން ސަރުކާރުން ވަނީ މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު ވޮލެންޓިއަރުން ހޯދަން އިއުލާނު ކޮށްފަ އެވެ.އެ ފުރުސަތުގައި 1000 އަށްވުރެ ގިނަ މީހުން ވޮލަންޓިއާ ހިދުމަތަށް ކުރިމަތިލި އެވެ. އެ ފުރުސަތުގައި ރައީސްގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ފަޒުނާ އަހުމަދު ވެސް ވަނީ ހުޅުމާލޭ އެޗްއެމްއެފްގައި ވޮލަންޓިއަރެއްގެ ގޮތު ހިދުމަތްކޮށް ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ