މުއްދަތެއް ނެތް ގޮތަށް ކުތުބުހާނާވެސް ބަންދު ކޮށްފި

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން ގައުމީ ކުތުބުހާނާ އަދި ކުޑަކުދިންގެ މަލްޓީ މީޑިއާލައިބްރަރީގެ ހިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.
ގައުމީ ކުތުބުހާނާއިން ބުނީ މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ކުތުބުހާނާއި އާއި ލައިބްރަރީ ބަންދު ކުރަން ނިންމި ކަމުގައިވިއަސް ހިދުމަތް ދޭން ފަށާނެ ތާރީހެއް ފަހުން އަންގާ އިއުލާނު ކުރާނެ ކަމަށެވެ.
މިއަހަރު ފެށުނީއްސުރެ މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ގިނަވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އިއްޔެވެސް ވަނީ މާލެ ސަރަހައްދުން އެކަނިވެސް 159 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މުޅި ރާއްޖެއިން 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިއީ ކޮވިޑްގެ 3 ވަނަ ރާޅެއްގެ ގޮތުގައި ސިއްހީ މާހިރުން ދަނީ ސިފަކުރަމުންނެވެ.
ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޮސްވަމުން ދިއުމާއި ގުޅިގެން މާދަމާއިން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް މިއަދު އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ