ކޮޅުފުށިން އިތުރު ހަތް މީހަކު ޕޮޒިޓިވް ވެއްޖެ

މ. ކޮޅުފުށިން އިތުރު ހަތް މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި ހަތް މީހުންނާއެކު ކޮޅުފުށީ ކްލަސްޓާ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 33 އަށް އަރާފައިވާ ކަމަށެވެ.
ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.
ކޮޅުފުށީ ކްލަސްޓާ އިން 33 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެޗްޕީއޭ އިން ވަނީ މިދިޔަ މަހުގެ ފަހެއްގެ ފަހުން އެ ރަށުން އަތޮޅު ތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހުން އެކަން އަންގަން އެންގުމަށް އެދިފައެވެ. އަދި އެ މުއްދަތުގައި އެ ރަށުން ދަތުރުކުރި މީހުންގެ ތެރެއިން ކަރަންޓީން ފުރިހަމަ ކުރިޔަސް، ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި މަޑުކުރަން ވެސް އެޗްޕީއޭ އިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ