ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން އިދިިކޮޅު ޕާޓީތަކަށް ބޮޑު ކާމިޔާބެއް ލިބިގެންދިޔައިރު އެ ދިން މެސެޖަކީ ގައުމާއި ރައްޔިތުން އިސްކޮށް އެކުވެރިވުންކަމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކާމިޔާބު ފާހަގަކޮށް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މިސަރުކާރުގެ ފުރަތަމަ ނާއިބް ރައީސް ޑރ ޖަމީލު ވިދާޅުވީ ގޯސް ހަދާ ކޮންމެ ބަޔަކަށް ދިވެހިން ނޫނެކޭ ބުނާކަމަށާ ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީއަކީ ހަމައެކަނި އަނިޔާލިބެމުންދާ ފަރާތްތަކަށް ލިބުނު ކާމިޔާބެއްކަމަށެވެ.
ޖަމީލު ވިދާޅުވީ މި އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ދިން މެސެޖް ވަރަށް ސާފުކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކަށް މި އިންތިޚާބުން ދިން މެސެޖަކީ ގައުމާއި ރައްޔިތުން އިސްކުރުމާއި، ރައްޔިތުންދިން އިތުބާރު ނަގާ ނުލުމަށާއި، އެކުވެރިވުމަށްކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ އިއްތިހާދުގެ ލީޑަރު ޖަމީލު ވިދާޅުވިއެވެ.
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން އިދިިކޮޅު ޕާޓީތަކަށް ބޮޑު ކާމިޔާބެއް ލިބިގެންދިޔައިރު އެ ދިން މެސެޖަކީ ގައުމާއި ރައްޔިތުން އިސްކޮށް އެކުވެރިވުންކަމަށް ޖަމީލު ވިދާޅުވިއިރު، މި އިންތިހާބުން އިދިކޮޅު ޕާޓީތަކަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެެވެ.
އެގޮތުން ތިން ސިޓީ ކައުންސިލާއި، ރާއްޖޭގެ އާބާދީ ބޮޑެތި އެތަށް ރަށަކުން ސަރުކާރަށް ނޫނެކޭ ބުނެ ރައްޔިތުން ވަނީ އިދިކޮޅު ކެނޑިޑޭޓުން އިންތިޚާބުކޮށްފައެވެ.
ކައުންސިލް އިންތިޚާބުން ދިން މެސެޖަކީ ގައުމާއި ރައްޔިތުން އިސްކޮށް އެކުވެރިވުން: ޖަމީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ