ރައްޔިތުން ބޭނުންވަނީ އަމާން ދިރިއުޅުމެއް އުޅެން- މިނިސްޓަރ އައިޝަތު ޝިހާމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ ކެމްޕޭން ޓީމުން ކުރިޔަށް ގެންދާ "ގޯއްޗަށް" ކެމްޕެއިން ހަރަކާތުގެ ތެރެއިން ވިލިމާލެ ދާއިރާގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ފަހު ޗެނަލް 13 އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މިއަދު ރައީސް ޔާމީން މި ޤައުމަށް ކޮށްދެއްވާ ކަންކަންް ރައްޔިތުން ޝުކުރުވެރިކާއެކީގައި ބަލައިގަންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ޤައުމަށް ގެނެސްދިން ހަމަޖެހުމާއި ސުލްހަވެރިކަން ރައްޔިތުން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށް. އަދި ރައްޔިތުން ބޭނުންވަނީ އަމާން ދިރިއުޅުމެއް އުޅުމަށް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް އެދެވޭ ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ސިއްހީ ދާއިރާއިންނާއި އިތުރު ދާއިރާތަކުން ރައްޔިތުންގެ ދިރިއުޅުމަށް ބަދަލެއް އައިސްފައިވާކަމަށާއި އެކަން ރައްޔިތުން ބަލައިގަންނަ ކަމަށެވެ.ރައީސް ޔާމީންގެ ކެމްޕޭން ޓީމުން މާލޭގެ އެކި ދާއިރާތަކަށް ކުރާ ޒިޔާރަތުގެ ތެރޭގައި ގިނަ އަދަދެއްގެ ރައްޔިތުންނާއި ވަނީ ބައްދަލުކޮށްފައެވެ. އެގޮތުން ވިލިމާލެއަށް ދިޔަ ޓީމުގައި ވިލިމާލޭ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކްގެ އިތުރުން މިނިސްޓަރ އައިޝަތު ޝިހާމް، މިނިސްޓަރ އިރުތިޝާމް އާދަމް، މިނިސްޓަރ އަޒްލީން އަހްމަދުގެ އިތުރުން މެމްބަރު އަބްދުﷲ ރިފާޢު ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ