ސުޕްރީމް ކޯޓު ރިސެސްއަށް

ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފި އެވެ.
ގާނޫނުގައިވާ ގޮތުން މާދަމާ އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ. އަދި ގާނޫނެއްގެ ދަށުން ވަކި ކަމެއް އެ މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ހާލަތެއްގައި ފިޔަވައި، ރިސެސްގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެއެވެ.
ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީއަތުގެ އަޑުއެހުމެއް ނުބޭއްވި ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިޔަށް ދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ