ރާއްޖޭގައި މީހުންމަރާ މީހުން ނުވަތަ އެފަދަ ފަރާތްތަލަށް ސަރުކާރުން ފައިސާ ހަރަދުކުރާކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅު ވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ "ރަހުމެއް ނެތް ޤަތުލުތައް" މި ނަމުގައި އިދިކޮޅު ފަރާތްތަކުން މ ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫނު ވިދާޅުވީ މީހުންމަރާ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތަކަށް ސަރުކާރުން ހިތްވަރު ދެމުން ގެންދާކަމަށާއި އެކިއެކި ނަން ނަމުގައި އެފަރާތްތަކަށް ސަރުކާރުން ފައިސާ ހަރަދު ކުރަމުންވެސް ގެންދާ ކަމުގައެވެ. އަދި ޒުވާނުންނަށް ކަމަށްބުނެ ސަރުކާރުން އެއްވެސް ހަރުދަނާކަމެއް ނެތް އެކިއެކު ކުށްތައްކުރާ ވިޔާނުދާ ފަރާތްތަކަށް ފައިސާ ހަރަދުކޮށް ކުށްތައް ކުރުމަށް އެމީހުނަނަށް ހިތްވަރު ދެމުން ގެންދާކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
މިރޭގ ޖަލްސާގައި ރައީސް މައުމޫނުވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ޑރ އަފްރާޝީމަކީ އިލްމު ވެރިއެއްކަމުން ޑރ އަފްރާޝީމް ޤަތުލުކޮށްލުމަކީ އެތައް ނަފްސެއް ގަތުލުކޮށްލުން ކަމަށްވެސް ރައީސް މައުމޫނު ސިފަ ކުރެއްވިއެވެ.
މީހުން މަރާ މީހުންމަށް ސަރުކާރުން ހަރަދު ކުރޭ: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ