އަބޫ ދާބީ (ޖުލައި 4) - އަބޫ ދާބީގެ އިއްތިހާދު އެއާލައިނުން އެމެރިކާ އަށް ދަތުރު ކުރާ މީހުންނަށް ކެބިންގައި ލެޕްޓޮޕް ގެންދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ތުރުކީ އާއި މެދުއިރުމަތީގެ ބަައެއް ގައުމުތަކުން އެމެރިކާ އާއި އިނގިރޭސިވިލާތަށް ދާ ބައެއް ފްލައިޓްތަކަށް ލެޕްޓޮޕާއި ޓެބްލެޓް އެރުވުން ވަނީ މާޗު މަހު މަނާކޮށްފަ އެވެ.
އިއްތިހާދުން ބުނީ ޕެސެންޖަރުން ސްކްރީން ކުރުމުގައި އެއާލައިނުން ގެންގުޅޭ ހަރުދަނާ އުސޫލުގެ ސަބަބުން އެމެރިކާ އިން ވަނީ ކެބިންގައި ލެޕްޓޮޕް ގެންދިއުމުގެ ހުއްދަދީފައި ކަމަށެވެ.
އިއްތިހާދު އެއާލައިނުން އަބޫ ދާބީން އެމެރިކާގެ ފަސް އެއާޕޯޓަކަށް ހަފުތާއަކު 45 ފްލައިޓް ބާއްވަ އެވެ.
މުސްލިމުންގެ އާބާދީ ބޮޑު އަށް ގައުމެއްގެ 10 އެއާޕޯޓަކުން އެމެރިކާ އަށް ދަތުރުކުރާ ފްލައިޓްތަކުން ލެޕްޓޮޕް ނުގެންދެވޭ ގޮތް ހެދީ ލެޕްޓޮޕްގައި ފޮރުވައިގެން ބޮމެއް ބޯޓަށް އަރުވަފާނެކަމުގެ ބިރަށެވެ. އެހެނެވް ކެބިން އަށް އަރުވާ އެއްޗެއްގައި "ސުމާޓްފޯނަކަށް ވުރެ ބޮޑު" އެއްވެސް ޑިވައިސްއެއް ނުގެންދެވޭނެ އެވެ. ލެޕްޓޮޕާއި އެހެން ޓެބްލެޓް ގެންދަން ޖެހޭނީ ޗެކްޑް-ބެގޭޖުގަ އެވެ. ކެބިންގައި ނުގެންދެވޭނީ 16 ސެންޓި މީޓަރު (6.3 އިންޗި) އަށް ވުރެ ދިގު، 9.3 ސެންޓި މީޓަރު (3.7 އިންޗި) އަށް ވުރެ ފުޅާ އަދި 1.5 ސެންޓި މީޓަރު (0.6 އިންޗި) އަށް ވުރެ ބޯ ޑިވައިސްތަކެވެ. ސްމާޓްފޯނާއި މެޑިކަލް ޑިވައިސްތައް މީގެ ތެރޭގައި ނުހިމެނެ އެވެ.
އެމެރިކާ އިން އެޅި މި ފިޔަވަޅުގެ ސަބަބުން ތުރުކީ އާއި ސައުދީ އަރަބިޔާ އާއި ޖޯޑަން އާއި ޔޫއޭއީ އާއި ގަތަރާއި ކުވޭތުގެ އިތުރުން އެފްރިކާގެ މިސްރާއި މޮރޮކޯ އިން އެމެރިކާ އަށް ދަތުރުކުރާ ފްލައިޓްތަކުގެ ކެބިން އަށް ލެޕްޓޮޕެއް ނޭރުވޭނެ އެވެ. އެކަމަކު އިނގިރޭސި ވިލާތުން މަނާކުރީ އޭގެ ތެރެއިން ހަ ގައުމަކުން ދަތުރުކުރާ ފްލައިޓްތައް އެކަންޏެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ހޯމްލޭންޑް ސެކިއުރިޓީ އިން ބުނީ މި ފިޔަވަޅު އެޅީ މަތިންބޯޓާއި އެއާޕޯޓްތަކުގައި މިދިއަ ދެ އަހަރު ހިނގި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އިއްތިހާދު އެއާލައިނުން އެމެރިކާ އަށް ދާ މީހުންނަށް ލެޕްޓޮޕް ގެންދެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ