މަޖިލީހުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެ ބައި އިލެކްޝަން ނުބޭއްވޭނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅު ވެއްޖެއެވެ.
ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނަށް ކަނޑަނޭޅޭނެ ކަމުގައެވެ. އަދި މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނަށް ނުބޭއްވޭނެ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޕާޓީ ބަދަލު ކުރި ނަމަވެސް މެމްބަރެއްގެ ގޮނޑިގެއްލިއްޖެކަމަށް ކަނޑައަޅާނީ ސްޕްރީމް ކޯޓުން ކަމުގައެވެ. އަދި މިހާރު ގޮނޑިގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންގެ ގޮނޑިގެއްލިއްޖެކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅާފައި ނުވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ސްޕްރީމް ކޯޓުން ކަނޑަނާޅާއިރު މެމްބަރުން ތިއްބަވާނީ "އަރާމުކޮށް ގޮނޑީގައި" ކަމުގައެވެ.
ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިނަނުން ނިންމާފައިވަނީ މައްޗަނގޮޅީ ދެކުނު ދާއިރާއާއި ދަނގެތީ ދާއިރާއާއި ދިއްދޫ ދާއިރާއާއި މަޑުއްވަރީ ދާއިރާއާއި ތުލުސްދޫ ދާއިރާ އަދި ވިލިނގިލި ދާއިރާއެވެ.
ރައީސް މައުމޫނު ރޭ އިތުރަށް ވިދާޅުވީ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑިގެއްލިފައޮ ނެތް ކަމަށާއި ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވުމުގެ ހައިިސިއްޔަތު އަބްދުﷲ މަސީހަށް ނެތްކަމުގައެވެ. އަދި މަޖިލީހުގެ 45 މެމްބަރުން ސޮއި ކުރައްވާ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުއްވުމުން މަސީހު މަޤާމުން ވަކިވީ ކަމަށާއި މަސީހަކީ މިހާރު މަޖިލީހުގެ ރައީސް ނޫންކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
މަޖިލިސް ބައި އިލެކްޝަނެއް ނުބޭއްވޭނެ: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ