ކޮންމެ މީހަކު ކުރިޔަސް މަރުގެ ޙުކުމް ތަންފީޒު ކުރުން އެއީ ގޯސް ކަމެއް:ޑރ.ޝަހީދު

ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އދ. ގެ ދީނީ އަދި ފިކުރީ މިނިވަންކަމާއި ބެހޭ މަންދޫބު ޑރ. އަހުމަދު ޝަހީދު, މަރުގެ ޙުކުމާއި ދެކޮޅު ހަދައި އަނެއްކާވެސް އިސްލާމްދީނަށް ގޮންޖަހައިފިއެވެ.
އެމެރިކާގައި ވެސް އިންޖެކްޝަން ޖަހައިގެން މީހުން މަރާ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ޝަހީދު ވިދާޅުވީ ކޮންމެ މީހަކު ކުރިޔަސް މަރުގެ ޙުކުމް ތަންފީޒު ކުރުން އެއީ ގޯސް ކަމެއް ކަމަށެވެ.
މި ޓްވީޓާ ގުޅިގެން އެކިއެކި ފަރާތްތަކުންވަނީ ޝަހީދު އިސްލާމްދީން ގަބޫލުކުރައްވަންތޯ ސުވާލުކޮށްފައެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމަކީ ކަނޑައެޅިގެން ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަމެއްކަމަށް މި ޓްވީޓަަށް ރައްދުދިން ފަރާތްތަކުން ފާހަގަކުރިއެވެ.
އެއްޖިންސުން ކައިވެނި ކުރުމަށް ތާއިދުކޮށް ޑޜ. ޝަހީދު ޓްވީޓް ކުރެއްވީ މީގެ ދެހަފްތާ ކުރިންނެވެ.
ޖެނުއަރީ މަހު އިރާނުގައި މަރުގެ ހުކުމް ތަންފީޒްކުރުމުން ޑރ. ޝަހީދު ވަނީ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ