ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވީ، ފެބްރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދެއްވި ލަފަޔާ އެއްގޮތަށް އަމަލު ނުކުރެއްވުމުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވާ އޯޑިއޯ ލީކް ކޮށްލައިފި އެވެ.
ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައިވާ އޯޑިއޯގައި އަބްދުﷲ ސައީދު ވަނީ، ފެބްރުއަރީ އެކެއްގެ އަމުރަކީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ފަދައިން "ހިބަރު ވަދެއް" ކަމަށާއި އެ ވަދުގައި ރައީސް ޔާމީނު ޖެއްސެވީ އޭނާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީނު ވެރިކަން ނިމުނުއިރު އެ ހުންނެވީ މުޖުރިމަކަށް ވެފައި ކަމަށް ވެސް އަބްދުﷲ ސައީދު ވިދާޅުވާ އަޑު އެ އޯޑިއޯ އިން އިވެ އެވެ.
އަބްދުﷲ ސައީދު އެ އޯޑިއޯގައި ވިދާޅުވަނީ، ފެބްރުއަރީ އެކެއްގައި އޭރު ބަންދުގައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލަން ނެރުނު އަމުރާ އެކު ރައީސް ޔާމީނަށް ސްޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރުމުގެ ފުރުސަތު ގެއްލިގެން ދިޔަ ކަމަށެވެ. އަދި އެ ވަގުތު އޭނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދިން ނަމަ ވެސް، ރައީސް ޔާމީނަށް ވެރިކަން ނުގެއްލޭނެ ކަމަށް އަބްދުﷲ ސައީދު ވިދާޅުވެ އެވެ.
އޭނާ ދެއްވި ލަފަޔާ އެއްގޮތަށް އަމަލު ނުކުރުމުން ރައީސް ޔާމީނު ވެރިކަން ވެއްޓުނު އިރު، އީވާން ނަސީމް ޖަލުގައި މަރާލި ހާދިސާ އާ ގުޅިގެން ރައީސް މައުމޫނަށް އޭނާ ލަފާ ދެއްވި ކަމަށް އެ އޮޑީއޯގައި ބުނެ އެވެ. އެގޮތުން އެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް ހަދައިގެން ވަކި ދުވަހެއްގެ ތެރޭގައި އެ މައްސަލަ ބަލަން ލަފާދެއްވުމާ އެކު ރައީސް މައުމޫން އެގޮތަށް އަމަލު ކުރެއްވި ކަމަށް ވެސް އަބްދިﷲ ސައީދު ވިދާޅުވާ އަޑު އެ އޯޑިއޯއިން އިވެއެވެ.
ރައީސް ޔާމީނަށް ވެރިކަން ގެއްލުނީ ލަފަޔާ އެއްގޮތަށް އަމަލު ނުކުރުމުން: އަބްދުﷲ ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ