ސުޕްރީމް ކޯޓުން ގާނޫނާއި ހިލާފަށް ނިންމާފައިވާ މައްސަލަތަކާއި، ގަވާއިދުތައް އެކުލެވޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރު ކުރި ރިޕޯޓުން ހާމަވަނީ ސިޔާސީ ބޭނުންތައް ފުއްދުމަށް، ސަރުކާރު ބޭނުންވާ ގޮތަށް މައްސަލަތައް ނިންމަން އެންމެ މަތީ ކޯޓުން މަސައްކަތް ކޮށްފައިވާތަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ރިޕޯޓަކީ ސުޕްރީމް ކޯޓުން ގަވައިދާ ހިލާފަށް ނިންމާފައިވާ ނިންމުންތަކާއި ކޮށްފައިވާ ހުކުމްތައް ތަހުގީގު ކުރުމަށް ޖޭއެސްސީ އިން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓެކެވެ. ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމަކީ:ޖޭއެސްސީ ގާނޫނުގެ 21 ވަނަ މައްދާގެ (ބ) އުވާލައި، އަދުލު އިންސާފު ގާއިމްކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވަން ނިންމުންކޯޓުތަކުގެ ގާނޫނުގެ 8 ވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާގެ ނިޔަލަށް އުވާލި އުވާލުންވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުންގާނޫނީ ވަކީލުންނަށް ކޯޓުތަކުގައި ވަކާލާތުކުރުން މަނާ ކުރުންއިސްތިއުނާފު ކުރުމުގެ މުއްދަތު ކުޑަކޮށް އެ މުއްދަތާ ގުޅޭ ގޮތުން ކޯޓުތަކުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާއި މައުލޫމަތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ބާތިލު ކުރުންދަށު ކޯޓުތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ގަވާއިދެއް ހަދައި، ގާނޫނުގެ ދަށުން ޖޭއެސްސީއަށް ދީފައިވާ ބާރު ނެގުންޖޭއެސްސީގެ ގާނޫނާ ހިލާފަށް ފަނޑިޔާރަކު މަސްއޫލިއްޔަތުން އެކަހެރި ކުރުމުގެ މައްސަލައިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އަދި އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައި މަގާމުން ވަކިކުރުންއެޗްއާރުސީއެމްގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓުން އިސް ނަގައިގެން އެ ކޮމިޝަނުގެ މައްޗަށް ސުމޯޓޯ ހިންގައި އަދި އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ ގައިޑްލައިން ކަނޑައެޅުންފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގައި އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސް އަޅާފައިވުންމަޖިލީހުން ނިންމާ އިތުބާރު ނެތްކަމުގެ މައްސަލަތައް ސައްހަ ވާނީ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުން ކަމުގައި ކަނޑައެޅުންސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކުރުންއެކެއް ފެބުރުއަރީ 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރުގެ ބައިތައް ހަމަ އެ ކޯޓުން ބާތިލު ކުރުންސުޕްރީމް ކޯޓުން ސާކިއުލަތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓުތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމު ގާނޫނު ހެދި ހެދުން
އެ ރިޕޯޓުގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުންތަކެއް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓު ހަރުދަނާ ކުރުމަށް މަޖިލީހުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ސުޕްރީމު ކޯޓުން ނިންމާފައިވާ ނިންމުންތައް ބައްޓަންކޮށްފައި ހުރީ އެ ކޯޓުން އަމިއްލައަށް ކަންކަން ނިންމުމަށް ކަމަށެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިބި ފަސް ފަނޑިޔާރުންނާ މެދު ގޮތެއް ނިންމަން މަޖިލީހުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ ފާއިތުވެދިޔަ ހަތް އަހަރު، ފަސް ފަނޑިޔާރުން ހުކުމްކޮށް، ނިންމުން ނިންމަމުން ދިޔައީ ސަރުކާރުގެ މަސްލަހަތު ހިމާޔަތްކޮށް ސަރުކާރުން ބޭނުންވާ ގޮތަކަށެވެ.
ޖޭއެސްސީގެ ރިޕޯޓަށް ބަހުސް ކުރައްމުން މަޝްހޫރު ގާނޫނީ ވަކީލު އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުން އޭރު މައްސަލަތައް ނިންމާފައި ވަނީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށާއި، ތައައްސަބުން އެއްކިބާވެ، ގާނޫނުތަކަށް ރިޔާއަތް ކުރުމެއް ނެތި ކަމަށެވެ.
ޖޭއެސްސީ ރިޕޯޓުން ފެންނަނީ ސުޕްރީމް ކޯޓުން ސިޔާސީ ބޭނުމަށް ކަންކަން ކޮށްފައި ހުރި މަންޒަރު: މެމްބަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ