ރާއްޖޭގެ ފިހާރަތަކުން ވިއްކާ ޖަރުމަނުގެ ބުއިމެއްގައި ބަނގު އާވި ހިމެނޭ، އެތަކެތި ނެގުމަށް އިލްތިމާސްކުރަން: އުމަރު

ރާއްޖޭގެ އާންމު ފިހާރަތަކުން ވިއްކާ ޖަރުމަނުގެ ބުއިމެއްގައި ބަނގު އާވި ހިމެނޭ ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ސަމާލު ކަމަށް ގެނެސްފިއެވެ.
އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޖަރުމަނުގެ އުފެއްދުމެއް ކަމަށްވާ "ގާސްޓަލް" ބުއިމުގައި "އަލްކަހޯލް ފްރީ" ކަމަށް ލިޔެފައިވީ ނަމަވެސް، އެ ބުއިމުގައި ބަނގު އާވި ހިމެނޭ ކަމަށެވެ.
އާންމު ފިހާރަތަކުން އެ ބުއިން ވިއްކަމުންދާތީ އެކަން މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލު ކަމަށް އުމަރު ވަނީ ގެނެސްފައެވެ. އެ ބުއިންތައް ރާއްޖޭގެ ފިހާރަތަކުން ނެންގެވުމަށް އުމަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.
"ރާއްޖޭގެ އާންމު ފިހާރަތަކުން މިވަގުތު ވިއްކަމުންދާ، ޖަރުމަނުގެ މި އުފެއްދުމަކީ 'އަލްކަހޯލް ފްރީ' ބުއިމެއް ކަމަށް ލިޔެފައި އޮތް ނަމަވެސް، މި ބުއިމުގައި ބަނގު އާވި ހިމެނިގެންވޭ. ކަސްޓަމްސް ސާވިސް އިންނާއި ޕޮލިސް ސާވިސް އިން މިކަން ބައްލަވައި، މި ބުއިންތައް ރާއްޖޭގެ ފިހާރަތަކުން ނެންގެވުމަށް އިލްތިމާސްކުރަން." އުމަރުގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ