ވޭމަންޑޫގައި ކުލަ ޖެހުމުގެތެރޭ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ތ. ވޭމަންޑޫގައި އީދު ފާހަގަކުރުމަށް ކުލަ ޖެހުމުގެ ތެރޭގައި އަންހެނަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ މެންދުރުފަހު ވޭމަންޑޫގެ 19 އަހަރުގެ ޒުވާނަކާ ބަދުއަހުލާގީ އަމަލު ހިންގައިގެން މިރޭ 7:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތުކުރަނީ އެ ރަށުގައި އުޅޭ 31 އަހަރުގެ ސިފައިންގެ ވަޒީފާގައި އުޅޭ މީހަކަށެވެ.
"މި މައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ދަނީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި މަގުމަތިން ދަނިކޮށް އެ އަންހެން މީހާގެ ގައިގައި ކުލަ އުނގުޅި މަންޒަރު އެތަނުގައި މީހުން ތިބި މީހުންނަށް ފެނުނެވެ. ނަމަވެެސް ބަދުއަހުލާގީ އަމަލު ހިންގިކަމަށް އެއްވެސް މީހަކު ނުބުނާ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ