މީދޫ ޓައިމްސް އިން އިންތިޒާމްކޮށްގެން މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޑުއްވަރީ ދާއިރާގެ ކެންޑިޑޭޓުންގެ ބަހުސަށް ސުވާލު ހުށައެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.
މީދޫ ޓައިމްސްއިން އާންމުކޮށްފައިވާ ގޮތުން ބަހުސަށް ސުވާލު ހުށައެޅުމުގެ ފުރުސަތު އާންމުންނަށް ހުުވާލަން ނިންމީ މިބަހުސަކީ އާންމުންނާ ވީހާވެސް ގާތުން ކެންޑިޑޭޓުންގެ ތަސައްވުރު ހާމަކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ބަހުސަކަށް ވާތީކަމަށެވެ.
ބަހުސަށް ސުވާލު ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ބޭފުޅަކު ބޭނުންފުޅުވާ ސުވާލެއް 7921921 ނަންބަރު ފޯނަށް އެސްއެމްއެސް ކުރައްވައިގެން ނުވަތަ info@meedhootimes.com އަށް މެއިލްކުރެއްވައިގެން ހުއެޅޭނެކަމަށް މީދޫ ޓައިމްސްއިން ހާމަކުރައްވައެވެ.
ބަހުސަށް ސުވާލު ހުށައެޅުމުގެ ސުންގަޑިއަކީ 19 މާރިޗު 2019ވާ އަންގާރަދުވަހުގެ ރޭ 22:00ކަމަށްވެސް މީދޫ ޓައިމްސްއިން މައުލޫމާތުދެއްވައެވެ.
މީދޫ ޓައިމްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ 5 ކެނޑިޑޭޓުންވެސް ބައިވެރިވެލައްވާނެއެވެ. ބަހުސް ކުރިއަށްދާނީ 29 މާރިޗު 2019 ވާ ހުކުރު ދުވަހުގެރޭ 9:00ގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.
މަޑުއްވަރީ ދާއިރާގެ ބަހުސަށް ސުވާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ