ސަރުކާރަށް މަޖިލީހަކާ ނުކުޅެވޭނެ - ގާސިމް

ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޒިންމާދާރު ކުރުވާތަނެއް ކަމަށާއި ސަރުކާރަށް މަޖިލީހަކާ ނުކުޅެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ "ވީޓީވީ" ގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ޖުމްހޫރީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލިސް ވާންޖެހެނީ ކަނޑައެޅިގެން ސަރުކާރު ޒިންމާޒާރު ކުރުވާ ތަނަކަށް ކަމަށެވެ.
" މަޖިލީހަކީ ސަރުކާރު ބޭނުންވާހާކަމެއް ކުރަން އޮންނަ ތަނެއްނޫން މަޖިލީހަކީ ސަރުކާރުގެ ޒިންމާތައް ފުރިހަމައަށް އަދާކުރޭތޯ ބަލަން އޮންނަ ތަނެއް" ގާސިމް ވިދާޅުވިއެވެ.
މަޖިލީހަށް އިންތިޚާބު ކުރެވޭ އަންހެން ބޭފުޅުންގެ އަދަދުވެސް ގިނަވާންޖެހޭ ކަމަށް ފާހަގަކުރައަވަމުން ގާސިމް ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންނަކީ އެކަމަށް ތަސައްރަފް ފުދޭ ގާބިލް ބޭފުޅުންނަށް ވާންޖެހޭނެ ކަމަށެވެ.
"ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ދިޔަނަމަ މިހުރިހާ ވާހަކައެއް ދައްކަން ޖާގައެއް ނޯންނާނެ
އަމިއްލައަށް ހުރިހާކަމެއް ބޭނުންވެގަތީ ކީއްވެގެންތޯއާއި، އަމިއްލަ އެދުން ކުރިއަށް ނެރެންވާނީވެސް ވަކި ވަރަކަށް ނޫންތޯ ސުވާލު ކުރައްވާ ގާސިމް ވަނީ އެމްޑީޕީއަަށް ވަރަށް ބޮޑަށް ފާޑުވިދާޅިވެފައެވެ.
ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ޖޭޕީން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ 32 ކެނޑިޑޭޓަކަށް ތާއީދުކުރަން ނިންމުމާއި ގުޅިގެން އެ ޕާޓީގެ ލީޑަރޝިޕްގެ ބައެއް މެމްބަރުންނާއި ކައުންސިލްގައި ހިމެނޭ ފަރާތްތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ދައުލަތުގެ ފައިސާއާ މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރު ލިބިދޭ ބިލް ވޯޓަށް އެހުމަށް އެޖެންޑާ ކުރުމަށްފަހު، ވޯޓަށް ނާހައި، ގާސިމް ވަނީ އެބިލް އަލުން ކޮމެޓީއަށް ފޮނުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ