ޕީޕީއެމް އުފެއްދީ އެއްވެސް ބޭފުޅަކާ ދެކޮޅަކަށް ނޫން : މައުމޫން

ޕީޕީއެމްގެ ފާރާތުން ބ.އޭދަފުށީގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން – ފޮޓޯ : ޕީޕީއެމްޕީޕީއެމް އުފެއްދީ އެއްވެސް ބޭފުޅަކާ ދެކޮޅަކަށް ނޫން ކަމުގައި އެޕާޓީގެ އިންތިޤާލީ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.ޕީޕީއެމްގެ ފާރާތުން ބ.އޭދަފުށީ މަލްޓި ޕާޕަސް ބިލްޑިންގްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމްގެ މުޅިމަޤްސަދަކީ ދިވެހިޤައުމަށް ޚިދުމަތް ކުރުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރުން ކަމަށެވެ. އަދި ރާއްޖޭގެ މިއަދުގެ ހާލަތު ބަދަލުކޮށް ރައްޔަތުންނަށް އިތުރު ކުރިއެރުމާއި، ތަރައްޤީއާއި، ޑިމޮކޮރަސީގެ ފުރުސަތުތައް ގެނެސްދެއްވާނެ އެހެން ފަރާތެއް ޕީޕީއެމް އާއި އެޕާޓީއާ ގުޅިގެން މަސައްކަތްކުރާ ފަރާތްތައް ފިޔަވައި ދެން ފެންނަން ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ 3 ބާރު ވަކިކުރެވިފައިވާ ޒަމާނީ ޤާނޫނު އަސާސީއެއްކަމާއި، ނަމަވެސް ކަން ހިނގަނީ ޒަމާނީ ޑިމޮކްރަސީއެއްގައި ކަންތައްތައް ހިނގާ އުސޫލުން ނޫން ކަމަށާއި، އެކަންތައްތަކަކީ ދިވެހިން ގަބޫލުކުރާ ކަންތައްތައްކަމަށް އެމަނިކުފާނަށް ގަބޫލު ނުކުރެވޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ