މި ސަރުކާރުން އެމްޑީއެންއާއި މެދު ފިޔަވަޅު އެޅުމުގައި ލަސްވެ، ފެއިލްވެފައިވާތީ މިރޭ ކުރިއަށް ދާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރު "ބޮއިކޮޓް" ކުރައްވައިފިއެވެ.
މިނިސްޓަރ އުމަރު ޒާހިރު ވަނީ މިިރޭގެ ޖަލްސާއަށް ވަޑައިނުގަންނަވާނެ ކަން "އަވަސް" ނޫހަށް ކަށަވަރު ކޮށްދީފައެވެ. އުމަރު ޒާހިރު ވިދާޅުވީ މިރޭގެ ޖަލްސާއަށް ދައުވަތު ލިބިފައިވި ކަމުގައިވިއަށް އެ ޖަލްސާއަށް ވަޑައިނުގަންނަވަން ނިންމާފައިވާ ކަމަށެވެ.
އުމަރު ޒާހިރަކީ މީގެ ކުރިން މިފަދަ ހުރިހާ ޖަލްސާއަކަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންނަމަވެސް މިރޭގެ ޖަލްސާ "ބޮއިކޮޓް" ކޮށްފައިވަނީ އިސްލާމްދީނަށާއި މާތް ވެގެންވާ ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގައި ސަރުކާރު ފެއިލްވެފައިވާތީ ކަމަށެވެ.
"އެމްޑީއެންގެ މައްސަލައަކީ ދީނީ ބޮޑު މައްސަލައެއް. އެފަދަ މައްސަލައަކަށް ސަރުކާރުން ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަންޖެހޭ. އެހެން ނަމަވެސް އަޅުގަނޑަށް މިފެންނަނީ އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގައި ފެއިލްވެފައިވާ މަންޒަރު. އެހެންވީމަ މިރޭގެ ޖަލްސާ މި 'ބޮއިކޮޓް' ކުރަނީ." ކުރީގެ މިނިސްޓަރ އުމަރު ޒާހިރު ވިދާޅުވިއެވެ.
އުމަރު ޒާހިރު ގައުމީ ޖަލްސާ ބޮއިކޮޓް ކުރެއްވިއިރު މިއީ އެމްޑީއެން އާއި މެދު ފިޔަވަޅެއް ނާޅައިގެން ދައުލަތުގެ އިއްޒަތްތެރިޔަކު މިފަދަ ނިންމެވުމެއް ނިންމެވި ފުރަތަމަ ފަހަރެވެ.
އެމްޑީއެން އަށް ފިޔަވަޅު ނާޅާތީ އުމަރު ޒާހިރު ގައުމީ ޖަލްސާ "ބޮއިކޮޓް" ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ