ހިންދޫންނާއި މުސްލިމުން އެބިމެއްގެ މިލްކުވެރިކަމާމެދު ޚިޔާލުތަފާތުވެފައިވާ ބިމަކާމެދު މިއަދު ވަގުތެއްގައި އިންޑިޔާގެ ސުޕްރީމު ކޯޓުން ގޮތެއް ނިންމާނެއެވެ. މިބިމުގެ މައްސަލައަކީ ހިންދޫ އަދި މުސްލިމު މުޖުތަމަޢުތަކުގެ މެދުގައި ފިތުނަވެރިކަމާއި ރުޅިވެރިކަމާއި ޝައްކު އުފެދުމުގެ މެދުވެރިއަކަށްވެފައިވާ ބިމެކެވެ. މިމައްސަލައިގައި މުސްލިމުންނާ ހިންދޫންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާތައް އެތައް ދިހަސް އަހަރެއް ފާއިތުވެއްޖެއެވެ.މިސްކިތްހުރި ތަނުގައި އެޅުމަށް ހިންދޫ ޖަމާޢަތްތަކުން ނިންމާފައިވާ ފައްޅީގެ މިސާލީ ދައްކައިލުމެއް /ފޮޓޯ: ރޮއިޓަރސްއަޔޯދުޔާ ނަމަކަށް ކިއުނު ރަށުގައި އެތައް ހާސް ޕެރަމިލިޓަރީ އޮފިސަރުންނާއި ފުލުހުން ހަރަކާތްތެރިވަމުން އެބަދެއެވެ. 1992ވަނަ އަހަރުގައި މިރަށުގައި ހުރި މިސްކިތެއް ހަރުކަށި ހިންދޫއިން ތަޅައިލާ ބިމާ ހަމަކުރުމާ ގުޅިގެން މުޅި އިންޑިޔާގައި މުސްލިމުންނާއި ހިންދޫންގެ މެދުގައި ހަމަނުޖެހުން އުފެދި ނުތަނަވަސްކަން ބޮޑުވެފައިވެއެވެ. ހިންދޫން ޤަބޫލުކުރާ ގޮތުގައި މިތަނަކީ އެމީހުން އަޅުކަންކުރާ ރާމް ސާހިބު އުފަންވީ ތަނެވެ. ރާމްއަކީ އެމީހުންގެ ހިންދޫ ކަލާނގެ ވިޝްނޫގެ މާއްދީ ޞޫރައެއް ކަމުގައިވެސް ހިންދޫއިން ޤަބޫލުކުރެއެވެ. މިސްކިތް ހަލާކުކުރުމުގެ ސަބަބުން ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި 2000 މީހުން ނިޔާވެފައިވާއިރު، އޭގެ ތެރޭ ގިނައީ މުސްލިމުންނެވެ. އަދި މިހަމަނުޖެހުންތަކުގެ ތެރެއިން ކޯޓަށް ސިލްސިލާކޮށް އެތައް މައްސަލައެއް ހުށަހެޅިފައިވެއެވެ. އެކި ޖަމާޢަތްތަކުން މިބިމުގެ މިލްކުވެރިކަމަށް ދަޢުވާކޮށް ހުށަހަޅާފައިވާ މައްސަލަތަކެވެ. އިންޑިޔާގެ އުއްތަމަފަނޑިޔާރު ރަންޖަން ގޮއިގޮއިގެ ރިޔާސަތުގައި، ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިމައްސަލަ ބައްލަވައި މިއަދު ނިހާއީ ހުކުމެއް އިއްވާނެ ކަމުގައި ރޮއިޓަރސްއިން ބުނެފައިވެއެވެ. 1992ވަނަ އަހަރުގެ ކުރިމަތިލުންތަކާއި ކުޝޫނަތްތެރި (ވައަލެންޓް) ހަމަނުޖެހުންތަކަށް ފަހު ވަރަށް ބޮޑަށް ރައްކާތެރިކުރެވިފައިވާ 2.77 އޭކަރުގެ ބިމުގެ މިލްކުވެރިކަމާމެދު ނިހާއީ ޙުކުމެއް އިއްވައި ގޮތެއް ކަނޑައެޅިގެންދާނީ މިއަދުއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
50 %
ރުޅިއައި
50 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ހަލާކުކޮށްލާފައިވާ މިސްކިތުގެ މައްސަލާގައި އިންޑިޔާގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ