އިމާރަތް ކުރުމުގެ ގަވައިދުތަކާ އެހެނިހެން ހުރިހާ ކަމެއް ހަރުދަނާ ކުރަންޖެހޭ ކަމައް އާކިޓެކްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ބުނެފި އެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ރަޖިސްޓްރީކޮށްގެން ހިންގަން ފަށާފައިވާ އާކިޓެކްޓް އެސޯސިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ އެސޯސިއޭޝަން ގެ ރައީސް މުހަންމަދު މައުރޫފް ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާގެ ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުން ޖެހޭ ކަމަށާއި އަދި އެކަމަށް އެ އެސޯސިއޭޝަނުގެ ލަފާ އެކި ފަހަރުމަތިން ދީފައިވާކަމަށެވެ.
މައުރޫފް ވިދާޅުވީ އެ ދާއިރާގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިި ނަމަވެސް އެ ދާއިރާއަށް ކުރިއެރުން އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ. ރަޖިސްޓްރީ ވުމަށްފަހު އެސޯސިއޭޝަންގެ މަސައްކަތްތައް ކުރިއަށްވުރެ ހަރުދަނާކޮށް ކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް އެ އެސޯސިއޭޝަން އިން ވިދާޅުވިއެވެ.
އެގޮތުން އެ ދާއިރާއަށް މީހުން ހޭލުންތެރިކުރުމާއި ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި އެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމަށް ވަރަށް ބޮޑައް މަސައްކަތްކުރަމުން ކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވި ގޮތުގައި ރާއްޖޭގައި 161 އެއްހާ އާކިޓެކްޓުން އުޅޭއިރު އޭގެތެރެއިން 133 މީހުން ވަނީ އެ އެސޯސިއޭޝަނުގައި ރަޖިސްޓާރ ވެފައިވާކަމަށެވެ.
އިމާރާތްކުރުމުގެ ދާއިރާގައި ހިތާމަވެރި އެތައް ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ ކުޑަ އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި ހަމަ ދާދި ފަހުން އިމާރާތަކުން މަސައްކަތްކުރަމުން ދިޔަ ބިދޭސީއެއް ވެސް ވަނީ ވެއްޓި ނިޔާވެފައެވެ. މި ހާދިސާތައް ހިނގަމުން ދާތީ މިހާރަށްވުރެ ބޮޑަށް ގަވާއިދުތަށް ހަރުދަނާ ކުރަން ޖެހޭކަމަށާއި ގަވާއިދުތަށް ތަންފީޒު ކުރަން ޖެހޭކަމައް މައުރޫފް ވިދާޅުވި އެވެ.
އިމާރާތްކުރުމުގެ ދާއިރާގެ ގަވާއިދުތައް ހަރުދަނާކޮށް އަވަހަށް ތަންފީޒުކުރުން ޖެހޭ - އޭއޭއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ