އިންތިހާބުގައި ބަލިވެއްޖެކަމަށް ގަބޫލްކުރާނީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތަކުން ކަމަށް ޖުމްހޫރީ ގުޅުމުގެ  ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭން އޮފީހުން މިއަދު ބުނެފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކުރީގެ ފައިނޭންސް މިނިސްޓަރު ގާސިމްގެ ކެމްޕޭން އޮފީހުގެ އިސްތަރުޖަމާނު އިބްރާހިމް ދީދީ (ކޭޑީ) ވިދާޅުވީ ގާސިމް ބަލި ގަބޫލްކުރުމަށް ޑީއާރުޕީން ގޮވާލި ނަމަވެސް ބަލި ގަބޫލްކުރާ ހާލަތަކަށް އަދި ނުދާ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަމާއެކު ނުދަންނަވާނަން އިންތިހާބު ކާމިޔާބުކުރެވޭނެއޭ.އެއްވެސް އިންތިހާބެއްގެ ބަލި ގަބޫލްކުރަން ޖެހޭނީ ވަގުތީ ނަތީޖާ ދައްކާ ގޮތަކުން. އެ ނޫން ގޮތަކަށް ބަލި ގަބޫލްކުރާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ކޭޑީ ވިދާޅުވީ އިންތިހާބުގައި ބަލި ގަބޫލްކުރާނީ އިންތިހާބުގެ ސައްހަކަން ގެއްލޭނެ އެއްވެސް ކަމެއް ނުހިނގައި، ވަގުތީ ނަތީޖާ އިއުލާން ކުރުމުން ކަމަށެވެ. 
"އަތޮޅުތަކަށް ގާސިމްކުރައްވާ ދަތުރުފުޅުތަކުން ވެސް ދިވެހިރާއްޖެއަށް ބަދަލެއް އަންނަން ވެއްޖެކަން އަތޮޅުތަކުން ގަބޫލްކުރޭ. އަދި އަތޮޅުތަކުން ވެސް ގާސިމަށް ތާއީދު ލިބެމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
އަދާލާތު ޕާޓީއާއި މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސް އާ ޖުމްހޫރީ ޕާޓީ ގުޅިގެން އުފައްދާފައިވާ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ވަނީ އުތުރުގެ ހުރިހާ އަތޮޅަކަށް ދަތުރުކުރެއްވުމަށް ފަހު ދެކުނުގެ ގއ. އަދި ގދ. އަތޮޅަށް ދަތުރު ފައްޓަވައިފަ އެވެ.
    
    ރިޔާސީ އިންތިހާބު 2008 އިންތިހާބުގައި ބަލި ގަބޫލްކުރާނީ ވަގުތީ ނަތީޖާ ދައްކާ ގޮތަކުން: ގާސިމް ކެމްޕޭން އޮފީސް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            