ކަރަންޓް ޝޯޓެއްވެ އިމިގްރޭޝަން ޑިޕާޓްމަންޓް ހިންގާ އިމާރާތުގައި އަލިފާން ރޯނުވެ ސަލާމަތްވެއްޖެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ އިބްރާހީމް ޝާފިއު މިއަދު ވިދާޅުވީ މިއަދު މެންދުރެއްހާއިރު، އެ ތަނުގެ ތެރޭގައި އެއްޗެއް އަނދާ ވަސް ގަދަވެ، އިމާރާތްތެރޭގައި ދުން އުފެދެނު ކަމަށެވެ.
"މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިމާރާތުގައި ފާޑެއްގެ ވަހެއް ހުރޭ. ނަމަވެސް މިއަދު ވަސް ގަދަވެ، އޮފީސްތެރޭގައި ދުން އުފެދެން ފެށުމުން އެމްއެންޑީއެފްގެ ފަޔަ މީހުންނަށް ގުޅީ. އެ މީހުން އައިސް ބަލާފައި ބުނީ އަލިފާން ރޯވުމަށް ވަރަށް ގާތްވެފައޭ ހުރީ،" ޝާފިއު ވިދާޅުވި އެވެ.
ކަރަންޓް ޝޯޓެއްވެފައި ހުރީ އިމިގްރޭޝަން ޑިޕާޓްމަންޓަށް ކަރަންޓްލުމަށް އެތެރެއަށް ވައްދާފައި ހުރިން މައިން ކޭބަލްގެ އެއް ސްވިޗްގައި ކަމަށް ޝާފިއު ވިދާޅުވި އެވެ.
"އެ ސުވިޗް ނައްޓާލާފައި އަލުން ސްވިޗް ހަރުކުރުމުގެ މަސައްކަތް ސްޓެލްކޯ މީހުން ކުރަމުން އެބަދޭ،" މިއަދު މެންދުރު ޝާފިއު ވިދާޅުވި އެވެ. "މި މައްސަލަ ދިމާވިޔަސް އިމިގްރޭޝަންގެ މަސައްކަތަކަށް ބުރުލެއް ނާރާ. މިއަދު ދޫކުރަން ޖެހޭ ޕާސްޕޯޓްތަކާއި ވިސާތައް ހުރީ ދޫކޮށްފައި. ކަރަންޓް ނެތަސް ބަލައިގަންނަން ޖެހޭ އެއްޗެހި ބަލައި ގަންނަމުން ދިޔައީ."
ކަރަންޓް ޝޯޓެއްވެ އިމިގްރޭޝަން ޑިޕާޓްމަންޓްގެ އިމާރާތުގައި އަލިފާން ރޯނުވެ ސަލާމަތްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ