ލ. ގަމުގެ 3 އިންޖީނުގެ އެއްފުރާޅެއްގެ ދަށަށް ބަދަލުކުރަނީ

ހައްދުންމަތީ ގަމަށް ކަރަންޓު ފޯރުކޮށްދިނުމަށް އެރަށުގެ ތިން އަވަށުގައި މިހާރު ހުރި އިންޖީނުގެތައް ބަންދުކޮށް މުޅި ގަމަށް އެއްނެޓްވޯކަކުން ކަރަންޓު ދިނުމަށް ތައްޔާރުވަމުންދާކަމަށް ފެނަކައިން ހާމަކޮށްފިއެވެ.ރާއްޖޭގެ ނޫހަކަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ލ.ގަމު މުކިރިމަގާއި މަތިމަރަދޫ އަދި ތުނޑިއަވަށުގައި މިހާރު ހިންގަމުންދާ އިންޖީނުގެތައް ބަންދުކުރުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި ގަމުގެ ކަރަންޓު އެއް ނެޓްވޯކަކުން ގުޅާލުމަށްފަހު ކަރަންޓު ދޫކުރަން ފަށާނީ ގަމުގައި އަލަށް މީހުން އާބާދުވި މާހިންނަ ސަރަހައްދުގައި ގާއިމްކުރި ސެންޓްރަލް އިންޖީނުގެއިންކަމަށް ސަޢީދު ވިދާޅުވިއެވެ. އަދިއެކަމަށްޓަކައި ވާންޖެހޭ ތައްޔާތީތައް މިހާރު ވަމުންއަންނަ ކަމަށާއި، ކަރަންޓު ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާކަމަމަށް އޭނާ ވިދާޅުވިއެވެ.ގަމުގެ ކަރަންޓު އެއް ނެޓްވޯކަކުން ގުޅާލުމުގެ ޕްރޮޖެކްޓަކީ ފެނަކައިން ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއްކަމަށް ފެނަކައިން މައުލޫމާތު ދެއެވެ. އެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ގަމުގެ ކަރަންޓު އެއްނެޓްވޯކަކުން ގުޅާލާއިރު ދެވަނަ ފިޔަވަހީގެދަށުންގެ އްދުންމަތީ ފޮނަދޫގެ ކަރަންޓު އެނެޓްވޯކާ ގުޅާލުމަށް ހަމަޖެހިފައިވާކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ.ގަމުގައި އަލަށް ގާއިމުކުރި އިންޖީނުގެއިން މުޅި ގަމަށް ކަރަންޓު ދޫކުރަން މިމަހުގެ ތެރޭގައި ފެށޭނެކަމަށް ފެނަކައިން ހާމަކުރާއިރު، ސަޢީދު ވަނީ މިކަމުގެ ސަބަބުން ހިންގުމުގެ ޚަރަދާއި ތެލަށް ކުރާ ޚަރަދު ކުޑަވުމުގެ އިތުރުން ކަރަންޓަށް ދިމާވާ މައްސަލަތައް ކުޑަވެގެންދާނެކަމަށް ވިދާޅުވެފައެވެ.ފެނަކައިން މީގެކުރިންވަނީ ގަމުގައި ހުރި އެކުންފުނީގެ ތިން އޮފީސް އުވާލައި، އެ ތިން އޮފީހުގެ ހިންގުން މަރުކަޒީ އެއް އޮފީހަށް ބަދަލުކޮށްފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ