ކަރަންޓީން ނުވާ ގޮތަށް ރަށަށް ދެވޭނީ މާލެއިން ކޮމިއުނިޓީ ސްޕްރެޑު ހުއްޓުމުން

ކަރަންޓީނު ނުވާ ގޮތަށް ރަށް ރަށަށް ދެވޭނީ މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށްވާ ނަމަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑޮކްޓަރު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އިއްޔެ މާލެ ސަރަހައްދުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ އެންމެ 24 މީހެކެވެ. ނަމަވެސް އެންމެ 24 މީހަކު މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމަކީ މި ސަރަހައްދުން ބަލި ނެތިގެންދިއުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ގައުމުތަކުގެ ހާލަތަށް ބަލާނަމަ އަދިވެސް މި ބަލިން އަރައިގަނެވޭނެ ދުވަހެއް ފެންނަން ނޭނގޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތްހާ ހިނދަކު އަތޮޅު ތެރޭގެ ރަށްރަށަށް މީހުން ކަރަންޓީނު ނުވާ ގޮތަށް ފޮނުވުމަކީ ރައްކާތެރިކަމެއް ކަމަށް ނުދެކޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އިއްޔެ 24 މީހަކަށް ބަލި ޖެހުނުއިރު 102 މީހަކު ބަލިން ރަނގަޅުވިއެވެ. ކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،097 އަށް ވަނީ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ