އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް މާދަމާ ހަވީރު ވިލިމާލޭގައި
ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެމްއެންޑީއެފްގެ ހުނަރުތައް ދައްކާލުމަށް ބޭއްވި މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަނެއްކާވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑިއެފް އިން ބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ، މިފަހަރުގެ ހުށައެޅުންތައް ދައްކަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު 17:00 އަދި 17:30 ގައި ވިލިމާލޭ ބަނދަރު ސަރަހައްދުގައި ކަމަށެވެ. އަދި މިފަހަރުގެވެސް މިއުޒިކަލް ޑްރިލް ޑިސްޕްލޭ ބާއްވަން ނިންމީ ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމަތު ދެއެވެ. އެމްއެންޑިއެފް އިން ވަނީ މީގެ ކުރިން މާލެ އާއި ހުޅުމާލޭގައިވެސް އެމީހުންގެ ހުނަރުތައް ދައްކާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ