ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އިތުރު ތިން ކުޅުންތެރިއަކު ގެނެސްފި އެވެ.
ނިއުއިން ގެނައި ތިން ކުޅުންތެރިންނަކީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކަޓާފައިވާ ވިކްޓަރީގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އާއި ކުލަބް ވެލެންސިއާއަށް ކުޅެމުންއާ އެޓީމުގެ ކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން ވިކްޓަރީއަށް ކުޅެމުން އާ ހަސަން އަދުހަމް (ސަޑޭ) އެވެ.
ފައިސަލް ނިއުއާ ގުޅުނުއިރު އެ ޓީމުގައި މި ވަގުތު ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު އެބަހުއްޓެވެ. އެކަމަކު އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ގޯލް ބެލެހެއްޓީ ބަދަލު ކީޕަރު އަބްދުﷲ ޒިޔަޒަން އެވެ.
ކީޕަރު ފައިސަލް އާއި ސަޑޭ އަދި ރިލޭގެ އިތުރުން މިހާރު ހުޅުވިފައިވާ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ނިއުއާ ދެން ގުޅުނު ކުޅުންތެރިންނަކީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އަދި ލުބްނާން ޑިފެންޑަރު ހުސެއިން އެލް ޑޯ އެވެ. މީގެ ތެރެއިން އޮއްޕޮ އާއި ކަންޑޭލާ ވަނީ މާލޭ ލީގުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ.
ޕްރިމިއާ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ މާޒިޔާ އާއި ގްރީންސްޓްރީޓްސް އާއި ނިއު އަދި ޓީސީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އާއި ރަނަރަޕް ގދ. ތިނަދޫގެ އިތުރުން މިލަންދޫ އާއި އއ. މާޅޮހެވެ.
ރިލޭ އާއި ސަޑޭގެ އިތުރުން ކީޕަރު ފައިސަލް ވެސް ނިއުއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ