އާތިފާގެ އިސްތިއުފާ އަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް: މައުމޫން

ހައުސިން މިނިސްޓަރުގެ މަގާމުން އައިމިނަތު އާތިފާ އިސްތިއުފާ ދެއްވަން ނިންމެވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް، އާތިފާ ނިސްބަތްވާ އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އާތިފާ އިއްޔެ އިސްތިއުފާ ދެއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާތީ އެވެ. ސިއްހީ ހާލުކޮޅު ގޯސްވެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަން އޭނާ ރައީސް އޮފީހަށް ވަނީ އަންގަވައިފަ އެވެ. އާތިފާގެ އިސްތިއުފާ އަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ނިންމަވާފައިވަނީ ހައުސިން މިނިސްޓްރީ އުވާލައްވައި ޕްލޭނިން މިނިސްޓްރީގެ ދަށަށް ހައުސިންގެ މަސައްކަތްތައް ބަދަލުކުރުމަށެވެ.
BREAKING: Housing Minister Athifa isthiufa dhevvaifi
Mihaaru
އާތިފާ އިސްތިއުފާ ދެއްވުންއާތިފާގެ އަގުވަޒަން ކުރައްވައި މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާތިފާ އަކީ އިހުލާސްތެރި، ހިދުމަތްތެރިއެއް ކަމަށެވެ.
"މިނިސްޓަރު އާތިފާ ޝަކޫރަކީ ހިތްވަރުގަދަކަމާއި ނަޒާހަތްތެރިކަމުގައި ނަމޫނާއެއް. އޭނާ ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވީ ތެދުވެރިކަމާއި އިހުލާސްތެރި ކަމާއެކު،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
Minister Athifa Shakoor is a model of courage and integrity. She has served the people with sincerity and distinction. Her resignation is a deep loss to the country. I wish her good health and success in all her future endeavours. @ibusolih @MRM_Office— Maumoon Abdul Gayoom (@maumoonagayoom) June 11, 2020
މައުމޫން ކުރެއްވި ޓްވީޓްމައުމޫންގެ އިތުރުން އެމްއާރުއެމްގެ އިސް އެހެން ބޭފުޅުން ވެސް ގެންދަވަނީ އާތިފާގެ އަގު ވަޒަންކުރައްވަމުންނެވެ. އެގޮތުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އާތިފާ ވަނީ އިހުލާސްތެރިކަމާ އެކު ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރަށް ހިދުމަތް ކުރައްވާފައި ކަމަށެވެ.
"ޚާއްސަކޮށް ހައުސިން ދާއިރާގެ ތަޖުރިބާކާރު ބޭކަނބަލެއްގެ އެ ކަމަނާ އަކީ. އަމަލީގޮތުން ފީލްޑަށް ނުކުންނަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވި، ހިތްހެޔޮ، ހިތްތިރި، އެންމެންނާ ގުޅޭ ވަޒީރެއް،" ޔުމްނާ ވިދާޅުވި އެވެ.
ސަރުކާރުގެ ރަސްމީ ހިދުމަތުން އާތިފާ ވަކިވުމަކީ ސަރުކާރަށާއި ރައްޔިތުންނަށް ލިބިގެންދިޔަ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި ވެސް އާތިފާގެ ހިދުމަތް ގައުމަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.
މިނިސްޓަރ އާތިފާއަކީ ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ރައްޔިތުންގެ މަސްލަޙަތު އިސްކުރައްވައިގެން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވި ވަރަށް ތަޖުރިބާ ހުރި ޤާބިލު ބޭކަނބަލެއް. އާތިފާއަށް ފުރިހަމަ ސިއްޙަތެއް މިންވަރު ކުރެއްވުން އެދި ދުޢާކުރަން. pic.twitter.com/0fSlvGoaAZ— Yumna Maumoon (@yumna_maumoon) June 11, 2020
ޔުމްނާ ކުރެއްވި ޓްވީޓްއާތިފާ މަގާމުން އިސްތިއުފާ ދެއްވީ، ވަރަށް ފަހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ހިޔާ މަޝްރޫއުގެ ފްލެޓްތައް ޖުލައި މަހުގެ ތެރޭގައި ދެވޭނެ ކަމަށް ވިދާޅުވުމާ އެކު އޭނާ އަށް ފާޑުކިއުން ވެސް އަމާޒުވެފައި ވަނިކޮށެވެ. ފްލެޓް ކޮމިޓީއާ ހަވާލުކޮށްފައިވާ އެ މަސައްކަތުގެ އަވަސް ތާރީޚްތަކެއް މިނިސްޓަރަށް ވިދާޅުވެވުނީ އޮޅިގެން ކަމަށް ފަހުން ހައުސިން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެ ސާފުކޮށްދީފަ އެވެ.
އެމްޑީޕީގެ އިސް މެމްބަރަކު މި ފަހުން ވަނީ އާތިފާ މަގާމުން ވަކިކޮށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ. ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމުގެ ވައުދުވި ކަމަށާއި ނަމަވެސް ވެރިކަމަށް ދޮޅު އަހަރު ވެގެން ދިޔައިރު ވެސް އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ގޯތި ދޭނެ ޕްލޭނެއް ވެސް ހަދާފައިނުވާ ކަމުގެ ކަންބޮޑުވުން އެ ސިޓީގައި ފާޅުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ