ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ހިމެނޭހެން ކާކުކަން ދެނެގަންނެވޭ، ބައޯމެޓްރިކްސް މައުލޫމާތު ނެގުމަށް ސަރުކާރުން ހިންގާ 'އޮޕަރޭޝަން ކުރަނގި'ގެ ތިން ވަނަ ފިޔަވަހި ފަށައި، މައުލޫމާތު ނުދީ ތިބި ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އޮޕަރޭޝަން ކުރަނގި ފެށީ 2024 ވަނަ އަހަރުގަ އެވެ. އެ އޮޕަރޭޝަނުގައި އެއްކުރާ ބައޯމްޓްރިކްސް މައުލޫތުގައި ހިމެނެނީ، ކާކުކަން ދެނެގަނެވޭނެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ އެވެ.
ބުނީ ކީކޭ؟ - އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަން ކުރިއަށްގެންދަނީ މާލެ، 26 ޒޯނަކަށް ބަހާލައިގެން ކަމަށާއި މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އިމިގްރޭޝަންގެ 200 އަށްވުރެ ގިނަ އޮފިސަރުންނާއި ފުލުހުންގެ 100 އޮފިސަރުން ބައިވެރިވި ކަމަށެވެ.
މިއަދު ހަވީރު 4އިން 6އަށް ގްރޫޕުތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގައި:
639 ތަނެއް ބަލައިފާސްކުރި
1،344 ބިދޭސީން ޗެކުކުރި
ވިސާ ފުރިހަމަ ނޫން 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ
"މީގެ އިތުރުން ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތް ކުރުވި 44 ދިވެހިންނަށް ވަނީ ނޯޓިސް ދީފައި،" އިމިގްރޭޝަނުން ބުނެ އެވެ.
"ދެވުނު ނޯޓިސްއާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ މި ފަރާތްތަކާ މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައި."
ގުޅުންހުރި ކަމެއް - ރާއްޖޭގައި މިވަގުތު ސައްހަ ވޯކް ޕާމިޓުގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީންގެ ތެރެއިން %98 މީހުންގެ ބައޯމެޓްރިކްސް މައުލޫމާތު ނަގައި ނިމިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފަ އެވެ.
އޮޕަރޭޝަން ކުރަނގި ފޭސް 3: މިފަހަރު ހޯދަނީ ފިލައިގެން އުޅޭ ބިދޭސީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ