މޫސުން އަދިވެސް ގޯސްވާނެ، ސަމާލުވޭ

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ މިރޭ 8 ފެށިގެން މާދަމާ ހެނދުނު 8ކާއި ހަމައަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުންވެސް އެކަށީގެންވާކަމަށެވެ.
މެދުތެރޭގެ އަތޮޅުތަކަށް ހުޅަގު ދެކުނާއި ހުޅަގުން ގަޑިއަކު 15 މޭލާ 23 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑކަށް 45 މޭލަށް ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މީގެ އިތުރަށް މެދުތެރޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.
ެއެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިދުވަސްވަރަކީ މޫސުންގޯސް ދުވަސްވަރަކަށްވުމުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ.
އެހެންކަމުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުުރުމަށް ގައުމީ ދިފާއީ ބާރުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ކޮންމެެހެން ކުރަންޖެހިގެންވެސް ދަތުރެއް ކުރާނަމަ އެ ދަތުރުގެ ތަފްސީލް ކަމާބެހޭ ފަރާތްތަކަށް ހިއްސާކުުރުމަށްވެސް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ