ޓެކްނިކަލް މައްސަލައެއް ދިމާވެ ފުނަދޫ އުދުހުންތައް މެދުކަނޑާލައިފި

ޓެކްނިކަލް މައްސަލައެއް ދިމާވެ، ށ. ފުނަދޫ އެއާޕޯޓަށް ދަތުރުތައް މެދުކަނޑާލައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މައްސަލަ ޖެހިފައިވަނީ އެއާޕޯޓުގެ ފަޔާ ލޮރީގައެވެ.
މިކަމާއި ގުޅިގެން މޯލްޑިވިއަންއިން ނެރުނު އިއުލާނެއްގައި ބުނީ، އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ފުނަދުއަށް މިއަދު ޝެޑިއުލްކޮށްފައި އޮތް ދަތުރުތައް ކުރެވެން ނެތް ކަމަށެވެ.
އަދި ފުނަދުއަށް ދާން މިއަދަށް ޓިކެޓް ނަގައިފައިވާ މީހުންނަށް އެހެން ގޮތެއް ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މީހުންނާ ވާހަކަދައްކައިގެން އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. 
މިކަމާއި ގުޅިގެން ދިމާވާ ދަތިތަކަށް މަޢާފަށް އެދި މޯލްޑިވިއަންއިން ވަނީ، އެހީއެއް ބޭނުންވާ ނަމަ 1671އަށް ގުޅުމަށް އެދިފައެވެ.
މޯލްޑިވިއަންއިން ފުނަަދުއަށް ދަތުރުތައް ކުރަނީ ހަފުތާއަކު ތިން ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ