ޔަމާލަށް ކާމިޔާބަށް އެދެން، އެކަމަކު މި ވޯލްޑް ކަޕްގައެއް ނޫން: މެސީ

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 19) - ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލަށް އަބަދުވެސް ކާމިޔާބަށް އެދޭ ކަމަށާއި އެއީ މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ނުހިމަނައި ކަމަށް އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ބުނެފި އެވެ. 
ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި، މިރޭ އާޖެންޓީނާ އާއި ސްޕެއިން ކުޅޭ މެޗުގެ ކުރިން، ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިރަލްވެފައިވަނީ، މީގެ 20 ވަރަަކަށް އަހަރު ކުރިން، ނަގާފައިވާ މެސީ އާއި ތުއްތު، ޔަމާލްގެ ފޮޓޯތަކެވެ.
Enterprise Development Industrial Pvt Ltd
Villa College
MU STORE
Enterprise Development Industrial Pvt Ltd
MU STORE
އޭރު، މެސީ އަކީ ބާސެލޯނާގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުން އައި، އުމުރުން  20 އަހަރުގެ ޒުވާނެކެވެ. ޔަމާލްގެ އުމުރުން އޭރު އެންމެ ފަސް މަހެވެ. މިހާރު މެސީގެ އުމުރަކީ 39 އަހަރެވެ. ލަމީން ޔަމާލަށް މިހާރު 19 އަހަރެވެ. މީގެ ގާތްގަނޑަކަށް 20 އަހަރު ކުރިން ތަގުދީރު ކަނޑައަޅައިދިން މި އާދަޔާ ހިލާފު ބައްދަލުވުމުގެ ފޮޓޯތައް ޔަމާލްގެ ބައްޕަ ފުރަތަމަ އާންމުކުރީ، ސްޕެއިނުން ޔޫރޯ 2024 ކާމިޔާބު ކުރުމާ އެކު "ދެ ލެޖެންޑުންގެ ފެށުން" މިހެން ލިޔުމަށްފަހު އެވެ.އެއަށް ފަހު، ފޮޓޯތައް މުޅި ދުނިޔެއަށް ވައިރަލްވެގެން މިދިޔައީ، މެސީ އާއި ޔަމާލް ފުރަތަމަ ފަހަރަށް ދަނޑުމަތިން ބައްދަލުކުރަން ތައްޔާރުވުމާ ގުޅިގެންނެވެ. އެއީ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗެވެ.
މިއީ މީގެ ގާތްގަނޑަކަށް 20 އަހަރު ކުރިން ޗެރިޓީ ގުރުއަތަކުން ދިމާވި އިއްތިފާގަކުން، އޭރުގެ ޒުވާން ކުޅުންތެރިޔާ ލިއޮނަލް މެސީ އާއި ތުއްތު ލަމީން ޔަމާލް އެކުގައި ނަގާފައިވާ ހަގީގީ ފޮޓޯތަކެއްގެ ވާހަކަ. މި ތާރީހީ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވަނީ، ޒުވާން ތަރި ޔަމާލް އާއި މެސީ ދަނޑުމަތިން ބައްދަލުކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި
ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މެސީ ބުނެފައިވަނީ، ޔަމާލް އެހާާ ތުއްތުއިރު އޭނާއާ އެކު ފޮޓޯއެއް ނަގާފައި، އެތަކެއް އަހަރު ފަހުން، އޭނާއާ އެކުގައި ފީފާ ވޯލްޑް ކަޕެއް ކުޅެން ޖެހުމަކީ، އިއްތިފާގުން ދިމާވި ނަމަވެސް ވަރަށް އާދަޔާހިލާފު ކަމެއް ކަމަށެވެ. 
މެސީ ބުނީ، މި ވަގުތު ވެސް ޔަމާލަކީ މި ވަގުތު ވެސް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި، ޔަމާލަށް އަބަދުވެސް ބާސެލޯނާގައި ކާމިޔާބަށް އެދޭ ކަަމަށް މެސީ ވަނީ ބުނެފަ އެވެ. 
"ޔަމާލަކީ މި ވަގުތަށް ބެލިޔަސް ދުނިޔޭގެ ފެންވަރުގެ ސްޓާރެއް. އުމުރުން 19 އަހަރުގައި ވެސް އެ ދަނީ މޮޅަށް ކުޅެމުން. ބޮޑު ކެރިއަރެއް ބިނާކުރުމުގެ ފުރުސަތު އޭނަ އަށް އެބައޮތް. އަބަދުވެސް އޭނަ އަށް ކާމިޔާބަށް އެދެން، އެކަމަކު، މި ފަހަރު އަހަރެމެން ކަށަވަރުކުރަން ބޭނުން މި ވޯލްޑް ކަޕްގައި އޭނާ ޗެމްޕިއަންކަން ނުހޯދާނެ ގޮތެއް ވޭތޯ،" މެސީ ބުންޏެވެ. 
މެސީ ބުނީ މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް ކުރިމަތިވާނެ އެންމެ ތަފާތު ޗެލެންޖަކީ ސްޕެއިން ކަމަށެވެ. އަދި، ސްޕެއިނަކީ ހަމައެކަނި ޔަމާލް ކަމަށް ދެކިގެން، އޭނާ ހުއްޓުވަން ވިސްނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ވިސްނުން ބައްޓަންކުރަންވީ، ސްޕެއިނުން އެ ކުޅެން ބޭނުންވާ ޑޮމިނަންޓް ފުޓްބޯޅަ ގޭމު ކުޅުނަނުދީ އާޖެންޓީނާ އަށް ކާމިޔާބު ހޯދޭނެ ގޮތަކަށް މެދު ގެންދިއުން ކަމަށް މެސީ ފާހަގަކުރި އެވެ. 
ފީފާ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާ ތިން ވަނަ ގައުމަށް ވުމުގެ އުންމީދުގައި ހުރި އާޖެންޓީނާ އިން ސްޕެއިނާ ދެކޮޅަށް ކުޅޭ މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް އޮންނާނީ މިރޭ 12 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ