ގަތަރަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރާއްޖެ ވަޑައިގެންފި

ގަތަރުގެ ކުރީގެ އަމީރު ޝައިހް ހަމަދު ބިން ހަލީފާ އަލް ޘާނީ އަވަހާރަވުމާ ގުޅިގެން މިހާރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ޘާނީ އާއި ޝާހީ އާއިލާއަށް އިހްތިރާމް އަދާކުރެއްވުމަށް އެ ގައުމަށް ކުރެއްވި ދަތުރަށްފަހު މުއިއްޒު މިއަދު ރާއްޖެ ވަޑައިގެންފި އެވެ. 
މުއިއްޒު ގަތަރަށް ކުރެއްވި ދަތުރުގައި ގަތަރުގެ އަމީރާ ބައްދަލުކުރައްވާ އިހުތިރާމު އަދާކުރެއްވުމުގެ އިތުރުން  ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފަ އެވެ. 
Enterprise Development Industrial Pvt Ltd
MGH Group of Companies
Enterprise Development Industrial Pvt Ltd
MU STORE
MU STORE
ގަތަރުގެ ކުރީގެ އަމީރު ވަނީ ރާއްޖެއަށް ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާފަ އެވެ. އޭގެ ތެރޭގައި، ގަތަރު އެއާވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ހަމަދު ބިން ހަލީފާ އަލް ޘާނީ ސްކޫލު ގާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިހް ގާސިމް ބިން އަލް ޘާނީ ބިނާކުރުން ހިމެނެ އެވެ.
ގަތަރުގެ އަމީރުކަމުގެ މަޤާމުގައި ހުންނެވިއިރު، ޝައިހް ހަމަދު ބިން ހަލީފާ އާލް ޘާނީ ވަނީ، 2005 ވަނަ އަހަރު ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.
އުމުރުން  74 އަހަރުގައި އަވަހާރަވި ޝައިހް ހަމަދު އަވަހާރަވީ އާދީއްތަ ދުވަހެވެ. އެމަނިކުފާނުގެ ޖަނާޒާ އާދީއްތަ ދުވަހު ބާއްވައި، ދޯހާގެ ލުހައިލް ގަބުރުސްތާނުގައި ވަނީ ފަސްދާނުލައްވައިފަ އެވެ. 
ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން، ދިވެހި ދިދަ އިއްޔެ މެންދުރު 12:00 އިން ފެށިގެން މިއަދު މެންދުރު 12:00 އަށް ބައިދަނޑިއަށް ވަނީ ތިރިކޮށްފަ އެވެ. 
މިނިވަން މުއްސަނދި ގައުމެއްގެ ގޮތުގައި ގަތަރު ތަރައްގީކުރުމުގެ މައިގަނޑު ބާނީއަކީ، 1995 އިން 2013 އަށް އެ ގައުމުގައި ވެރިކަން ކުރެއްވި ޝައިހް ހަމަދެވެ.
އެމަނިކުފާނުގެ ޒައާމަތުގައި ގަތަރަށް ވަނީ އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ގަދަރު އުފުލިގެން ގޮސްފަ އެވެ.
ޝައިހް ހަމަދުގެ ޒައާމަތުގައި 2004 ވަނަ އަހަރު ގަތަރުގެ ފުރަތަމަ ދާއިމީ ގާނޫނު އަސާސީ އެކުލަވާލައި، މުނިސިޕަލް އިންތިޚާބުތައް ތައާރަފުކުރެއްވި އެވެ. އެ އިންތިޚާބުތަކުގައި ވޯޓުލުމާއި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު އަންހެނުންނަށް ވެސް ފުރަތަމަ ފަހަރަށް ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ