ސިޔާސީ ލީޑަރު ރާހުލް ގާނދީގެ ހިއްސާ 'ދުރަންދާރް' އުފެއްދުމުގައި އޮތް ކަމަށް ބުނެފި
މި މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކަށް ގެނެސްދިން ބޮލީވުޑް ފިލްމު "ދުރަންދާރު" އުފެއްދުމުގައި އިންޑިއާގެ ސިޔާސީ ލީޑަރު ރާހުލް ގާނދީގެ ބައިވެރިވުން އޮތް ކަމަށް ބުނެ ގިނަ ބަޔަކު ސުވާލު އުފައްދައިފިއެވެ. ޑައިރެކްޓަރު އަދިތިޔަ ދާރްގެ ފިލްމު ނިންމާލިއިރު ފިލްމުން ކްރެޑިޓް ދިން މީހުންގެ ލިސްޓުގައި ރާހުލް ގާނދީގެ ނަން ގެނެސްދީފައި ވަނީ ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރުގެ ގޮތުގައެވެ. އެ ލިސްޓުން ރާހުލް ގާނދީގެ ނަން ފެނުމާ އެކު އެއީ ހަމަ ހަގީގަތުގައި ވެސް އިންޑިއާގެ ނެޝަނަލް ކޮންގްރެސް ޕާޓީ (އައިއެންސީ)ގެ ލީޑަރުތޯ ނުވަތަ އެ ނަން ކިޔާ އެހެން މީހެއްތޯ ބުނެ އޭގެ ސްކްރީން ޝޮޓްތައް އިންޓަނެޓުގައި ވަނީ ދައުރުވާން ފަށާފައެވެ. އެ ޕޯސްޓުގެ ސްކްރީން ޝޮޓްތައް އިންޓަނެޓުގައި ދައުރުކުރަމުން ބައެއް މީހުން ބުނެފައި ވަނީ 99 އިލެކްޝަންއިން ފެއިލްވުމުން އެންމެފަހުން ރާހުލް ގާނދީ ކެރިއަރު ބަދަލުކޮށްލީ ކަމަށެވެ. ރާހުލް ގާނދީގެ ނަން ފެންނަ "ދުރަންދާރު"ގެ ކްރެޑިޓް ލިސްޓްގެ ފޮޓޯއެއް އެކްސްގައި ޕޯސްޓްކޮށްފައި--ފޮޓޯ/އެކްސް އެއީ ހަގީގަތަކަށް ވެއްޖެނަމަ ރާހުލި އެ ޚިޔާރުކުރީ ކޮންކަހަލަ ދާއިރާއެއްތޯ އާއި ރާހުލް އެންމެ ރަނގަޅީ ސިޔާސީ ދާއިރާގެ މަސައްކަތްތަކުގައި ދެމިހުރުން ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ. އެކްސްގައި މިކަމާ ގުޅޭ ބަހުސްތައް ކުރިއަށް ގޮސްފައިވާއިރު ބައެއް މީހުން ވަނީ އެއީ ހަގީގަތުގައި ވެސް ސިޔާސީ ލީޑަރު ރާހުލް ގާނދީތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށްދިނުމަށް "ދުރަންދާރު"ގެ ޑައިރެކްޓަރު އަދިތިޔަ ދާރުއަށް ގޮވާލާފައެވެ. ރާހުލް ވަނީ މީގެކުރިންވެސް ބޮލީވުޑްގެ ބައެއް ފިލްމުތައް އުފެއްދުމުގައި އެހީތެރިވެދީފައެވެ. އޭގެތެރޭގައި އަކްޝޭ ކުމާރުގެ ފިލްމު "ރުސްތަމް"، "ދަ ފެމިލީ މޭން"، "ރޮކެޓް ބޯއިސް" އަދި "ލަކީ ބާސްކަރު" ހިމެނެއެވެ. އެހެންކަމުން ފިލްމު "ދުރަންދާރް" އުފެއްދުމުގައި ވެސް ރާހުލް ގާނދީގެ ހިއްސާ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތުގައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ