ދިރާސީ އަހަރަށް ހުރިހާ ފުލެޓަކަށް ވަދެވި، އޭޕްރީލް މަހަށް ރަސްމާލެ ހިއްކާ ނިމޭނެ: ރައީސް

އަންނަ ދިރާސީ އަހަރު ސުކޫލުތައް ހުޅުވެން ވާއިރަށް، ފަހިދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރާ 4،000 ފުލެޓުތައް ހަވާލުކޮށް ނިމޭނެ ކަމަށާއި އަންނަ އޭޕްރީލް މަހާ ހިސާބަށް ރަސްމާލެ އެއްކޮށް ހިއްކާ ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކުރިން ގޯތިތައް ދީފައި ހުރީ ބިންތައް ނުހިއްކާ ކަމަށެވެ. އެކަމަކު، ރަސްމާލެ ހިމެނޭހެން މާލެ ސަރަހައްދުން ގޯތި ދޭ ހުރިހާ ތަނެއްގެ ބިންތައް ހިއްކާ، ގޯތިތައް ހަވާލުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ތަންތަނުން ލިބުނު އެއްވެސް ގޯއްޗެއް އަތުނުލާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ، އެފްޑީސީން ހުޅުމާލޭގައި އިމާރާތްކުރާ 4،000 ފުލެޓާ ގުޅުވައި ވެސް ވާހަކަދައްކަވާފައެވެ. ރައީސް މުއިއްޒު: ވިދާޅުވީ، ދިރާސީ އަހަރަށް ހުރިހާ ފުލެޓަކަށް ވަދެވި، އޭޕްރީލް މަހާ ހިސާބަށް ރަސްމާލެ ހިއްކާ ނިމޭނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް އެގޮތުން، އެ ފުލެޓުތަކަށް ކަރަންޓު ގުޅުން ފަދަ މަސައްކަތްތައް އެފްޑީސީން ކުރަމުން އަންނަ ކަމަށާއި އަންނަ ޑިސެމްބަރު މަސް ނިމޭއިރަށް ގިނަ މީހުންނާ ފުލެޓުތައް ހަވާލުކުރެވޭނެ ކަމަށް އެފްޑީސީއާ ހަވާލާދީ އެ މަނިކުފާނު ވިދާޅުވިއެވެ. ނުނިމޭ [ފުލެޓުތައް] ތަންތަން ވެސް އައު ދިރާސީ އަހަރު ހުޅުވެން ވާއިރަށް ހުރިހާ ޓަވަރަކަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން [އެފްޑީސީން] ދެއްވާފައި ވަނީ. މި ތަންތަން ވެސް އަޅުގަނޑު އަތެއް ނުލަންރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ އަހަރު ދިރާސީ އަހަރު ފެށޭނީ، ޖަނަވަރީ 27ގައެވެ. އިތުރަށް ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ފުލެޓު ދިނުމަށް ކަނޑައަޅާފައި އޮތް ލިސްޓުގައި މައްސަލަތައް ހުރި ނަމަވެސް، ބަދަލެއް ގެންނަން ބޭނުންނުވީ، ވައުދާ ޚިލާފަށް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ. އުތުރުތިލަފަޅާއި ގިރާވަޅު ވެސް ހިއްކާ ނިމޭނެ ކަމަށާއި ރަސްމާލޭގެ ތިން ދިމާލަކުން ހިއްކާ ނިމެމުން އަންނަ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރަސްމާލޭގެ މަސައްކަތް ތިން ގުނަ އަވަސްކުރުމަށް ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކާ ޑްރެޖަރަށްވުރެ، ދެގުނަ ބޮޑު ޑްރެޖަރެއް އަންނަ މަހު ފުރަތަމަ ހަފުތާގައި ގެންނާނެކަން ރައީސް ހާމަކުރެއްވިއެވެ. އެފްޑީސީން އަޅާ ފުލެޓުތައް: ރައީސް ވިދާޅުވީ، އަންނަ ދިރާސީ އަހަރަށް އެ ފުލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށް -- ސަން ފޮޓޯ/ މާނިއު މުހައްމަދު އެ މަސައްކަތް ފަށާނެ ޑިސެމްބަރު ހަތެއް ނޫނީ ދިހައެއް ހިސާބުގައި. ފަށައިގެން ގޮސް މާޗު ހިސާބުގައި ނޫނީ އޭޕްރީލް ހިސާބަށް ދާއިރުގަ އެތަން އެއްކޮށް ހިއްކާ ނިމޭނެރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އެފަދައިން ވިދާޅުވިއިރު، ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުން އަވަސް ކުރުމަށް ވަނީ އިތުރު ޑްރެޖަރެއް ގެނެސްފައެވެ. އެ ޑްރެޖަރުން މާދަމާ އެ ސަރަހައްދު ހިއްކަން ފަށާނެ ކަމަށާއި، އަންނަ މަހުގެ ނިޔަލަށް އެ ތަން ހިއްކާ ނިމޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، މި މަހު ރައީސް ވަނީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން މާލޭ ސަރަހައްދުން 7،500 ފުލެޓާއި 15،000 ގޯތި ދޭނެކަން އިއުލާންކުރައްވައިފައެވެ. އޭގެ ތެރެއިން ބޮޑު ބައެއް ދޭން ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދާ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ، ރަސްމާލެ މަޝްރޫއަށް ސަރުކާރުން އަންނަނީ ބޮޑު ޚަރަދެއް ކުރަމުންނެވެ. ރައީސް މުއިއްޒު ވަނީ ރަސްމާލެއާއި މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅުވާލަން ވެސް ވައުދުވެވަޑައިގެންފައެވެ. https://sun.mv/214011 އެހެންވިޔަސް ޓަނަލާއި ރަސްމާލެއާ ގުޅޭ ގޮތުން ވެސް ގިނަ ކަންބޮޑުވުންތަކެއް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން، މާލެއާ ދުރުވުމާއި، އާބާދުވާން ވަގުތު ނެގުމާއި، ޚިދުމަތްތައް ގާއިމުކުރުމާއި، އެއަށްވުރެ ކައިރީގައި ހުރި ތަންތަން ނިންމަން މަސައްކަތްނުކުރާކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ. ހުރިހާ ފުލެޓަކަށް ދިރާސީ އަހަރުގެ ކުރިން ވަދޭވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއިރު، އެ ފުލެޓުތައް ދޭނެ މީހުންގެ ލިސްޓު ނެރެފައިވަނީ މިދިޔަ ސަރުކާރު ނިމެން އުޅެނިކޮށެވެ. އެ ލިސްޓުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ފުލެޓުތައް ދިނުން ހުއްޓުވިއެވެ. އެއަށްފަހު ފުލެޓު ދިނުން މި ސަރުކާރާ ހަވާލުކުރުމުން، މި ސަރުކާރުން އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ލިސްޓެއް އެކުލަވައިލި ނަމަވެސް، އެ ލިސްޓާ މެދު ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. އެއަށްފަހު މި ސަރުކާރުން ވަނީ، ފުލެޓު ދޭނީ ކުރީ ސަރުކާރުގެ ލިސްޓަށް ކަމަށް ބުނެފައެވެ. އޭރުވެސް، ފުލެޓު ނުދީ ލަސްވާތީ ފުލެޓުތަކުގެ ހައްގުވެރިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ